18 ފެބުރުވަރީ 2025 - 02:43 0
18 ފެބުރުވަރީ 2025 - 02:43 0
މެންޗެސްޓާ (ފެބްރުއަރީ 18) - މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ބްރެޒިލްގެ މިޑްފިލްޑަރު ކަސެމީރޯ މި ސީޒަން ނިމެންދެން އެ ކްލަބްގައި މަޑުކުރާނެ ކަމަށް ބުނެފި އެވެ.
ކަސެމީރޯ ޔުނައިޓެޑް ދޫކޮށް ބަދަލުވާން އުޅޭކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. އެ ގޮތުން އޭނާ ހޯދުމަށް ސައުދީ އަރަބިއްޔާގެ ކްލަބްތަކާއި ބްރެޒިލްގެ ކްލަބްތަކުން މަސައްކަތް ކުރާ ކަމަށް މީޑިއާގައި ވަނީ އަޑުފެތުރިފަ އެވެ.
އެކަމަކު، އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުން ޔުނައިޓެޑުން 1-0 އިން ޓޮޓެންހަމް ހޮޓްސްޕާސް އަތުން ބަލިވި މެޗަށް ފަހު، ކަސެމީރޯ ވަނީ ޔުނައިޓެޑް ދޫކޮށް ދާން އުޅޭކަމުގެ ވާހަކަތައް ދޮގުކޮށްފަ އެވެ.
ކަސެމީރޯ ބުނީ ޔުނައިޓެޑުގައި އޭނާ ހުރީ އުފަލުން ކަމަށެވެ. އަދި ޔުނައިޓެޑް ދޫކޮށްލުމުގެ ވިސްނުން ނުގެންގުޅޭ ކަމަށާއި, ޔުނައިޓެޑްގައި އޭނާގެ ކޮންޓްރެކްޓް ހަމަކުރަން ބޭނުންވާ ކަމަށެވެ.
"އަހަރެންގެ ކޮންޓްރެކްޓުގައި ބާކީ އަހަރަކަށް ވުރެ ގިނަ ދުވަސް އެބައޮތް. ޔުނައިޓެޑުގައި އަހަރެން މިހުރީ އުފަލުން އެހެންވެ ކޮންޓްރެކްޓް ފުރިހަމަކުރަން ބޭނުން" ކަސެމީރޯ ބުންޏެވެ.
ޔުނައިޓެޑާ އެކު، 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ކޮންޓްރެކްޓް އޮތް، ކަސެމީރޯ އަށް ފްލެމިންގޯގެ އިތުރުން ބެސިކްޓާސް އާއި ސައުދީ އަރަބިއްޔާގެ ޕްރޯ ލީގުގެ ކްލަބް އަލް ނަސްރުން ވެސް އަންނަނީ ފާރަލަމުންނެވެ. އެކަމަކު، ކަސެމީރޯ ބަދަލުވުން އެންމެ ގާތީ ފްލެމިންގޯ އަށް ކަމަށް ބެލެވެ އެވެ.
އިނގިރޭސި މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، ބްރެޒިލްގެ ޓްރާންސްފާ ބާޒާރު ހުޅުވިފައި އޮތް ކަމުގައި ވިޔަސް، ޔުނައިޓެޑުގައި މަޑުކުރަން ކަސެމީރޯ ނިންމީ އެ ކްލަބްގެ އަނިޔާގެ މައްސަލަތަކަށް ބެލުމަށް ފަހު، ޓެކްނިކަލް ޓީމުން ބޭއްވި ބައްދަލުވުންތަކަކަށް ފަހު އެވެ.
ކަސެމީރޯ ވަނީ ރެއާލާ އެކު، ފަސް ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފަ އެވެ. ބްރެޒިލް ގައުމީ ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ވެސް ކުޅެފައިވާ ކަސެމީރޯ އަށް ކެރިއަރުގައި އެންމެ ރަނގަޅު ކާމިޔާބެއް ލިބުނީ މެޑްރިޑްގަ އެވެ.
0.00%
0.00%
100.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment