ފޮރިން މިނިސްޓަރު ހަލީލު ރަސްމީ ދަތުރެއްގައި ލަންކާއަށް ވަޑައިގަންނަވަނީ

17 ފެބުރުވަރީ 2025 - 06:58 2

އަހުމަދު އާއިދު

އ

ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު : ރަސްމީ ދަތުރެއްގައި އޭނާ ލަންކާއަށް ވަޑައިގަންނަވަނީ މާދަމާ ---- ފޮޓޯ: ރައީސް އޮފީސް


ފޮރިން މިނިސްޓަރު ހަލީލު ރަސްމީ ދަތުރެއްގައި ލަންކާއަށް ވަޑައިގަންނަވަނީ

17 ފެބުރުވަރީ 2025 - 06:58 2

ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު އަވަށްޓެރި ސްރީ ލަންކާއަށް ރަސްމީ ދަތުރެއް ކުރައްވަން ހަމަޖެހިއްޖެ އެވެ.

ލަންކާގެ ފޮރިން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ރަސްމީ ދަތުރެއްގައި ހަލީލު އެ ގައުމަށް ވަޑައިގަންނަވަނީ މާދަމާ ކަމަށެވެ. މިއީ ހަތަރު ދުވަހުގެ ދަތުރެއް ކަމަށްވެސް ލަންކާ ސަރުކާރުން އިއުލާނުކޮށްފައިވެ އެވެ.

ހަލީލުގެ މި ދަތުރުގައި ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކެ އަދި އެ ގައުމުގެ ބޮޑުވަޒީރު ޑރ. ހަރިނީ އަމަރަސުރިޔާ އާ ބައްދަލުކުރައްވާ ރަސްމީ މަޝްވަރާތައް ބާއްވާނެ އެވެ.

މި މަޝްވަރާތަކުގައި ދެ ގައުމުގެ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމަށާއި އާ ދާއިރާތަކުން ގުޅުން ބަދަހިކުރުމާމެދު ދެ ގައުމުގެ އިސްވެރިން ހިޔާލު ބަދަލުކުރައްވާނެ ކަމަށްވެސް ލަންކާގެ ހާރިޖިއްޔާއިން ބުނެފައިވެ އެވެ.

އެގޮތުން ސިއްހީ ދާއިރާ އާއި ޓޫރިޒަމް ދާއިރާގެ އިތުރުން މަސައްކަތްތެރިން ހޯދުމުގެ ދާއިރާ އަށް މި މަޝްވަރާތަކުގައި ހާއްސަ ސަމާލުމަކެއް ދޭނެ އެވެ.

ފޮރިން މިނިސްޓަރުގެ އަރިހުގައި އެ ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާވެސް ލަންކާއަށް ވަޑައިގަންނަވާނެ އެވެ.

0.00%

0.00%

0.00%

0.00%

މި ލިޔުން ކިޔާލުމުން


ޟާޜީ

2 months ago

މިކޯ ހަރަދު ކުުދު ކެރާ ބެނަފެއި އޮއްވޭލެއި ތެގެއި......

ލާމު

2 months ago

ފޮރިން މިނިސްޓަރަކީ ޚަލީލު. ހަލީލެއް ނޫން. ޢާންމު ބަސްބަސް ބޭނުންހާ ގޮތަކަށް ލިޔުނަސް ހިތަށް އެރިހާގޮތަކަށް މީހުންގެ ނަމެއް ނުލިޔެވޭނެ. މިނަން ލިޔަންޖެހޭނީ ތިކިޖަހައިގެން.