Advertisement

އަބްދުއްރަހީމްއާ ގާތް ގުޅުމެއް އޮތް ޕީސީބީގެ ރައީސް ހަމްދީ މަގާމުން ވަކިކޮށްފި

13 ފެބުރުވަރީ 2025 - 01:21 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ޕީސީބީގެ ރައީސްކަމުން މިރޭ ވަކިކުރި ހަމްދީ --- ފޮޓޯ: ޕީސީބީ


އަބްދުއްރަހީމްއާ ގާތް ގުޅުމެއް އޮތް ޕީސީބީގެ ރައީސް ހަމްދީ މަގާމުން ވަކިކޮށްފި

13 ފެބުރުވަރީ 2025 - 01:21 1

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ރައީސް ކަމުން ހަމްދީ އަގީލް މަގާމުން ވަކިކޮށްފި އެވެ.

އޭނާ ވަކިކުރިކަން ސަރުކާރުގެ ސީނިއާ އޮފިޝަލަކު މި ނޫހަށް ކަށަވަރުކޮށް ދިނެވެ. ނަމަވެސް ވަކިކުރި ސަބަބެއް އޭނާ ނުބުނެ އެވެ.

އެހެން އޮފިޝަލަކު ބުނީ ހަމްދީ ވަކިކުރި ސަބަބެއް ކަމަށް އޭނާ ގަބޫލު ކުރަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާ އޮތް ގާތް ގުޅުމެވެ.

އަބްދުއްރަހީމް ލ. ފޮނަދޫން މާލެއަށް އެންމެ ފުރަތަމަ ބަދަލުވެ ދިރިއުޅުއްވީ ހަމްދީގެ އާއިލާގެ ގޭގަ އެވެ.

ޕީސީބީ އަކީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވެޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި މޮނިޓަކޮށް، އިވެލުއޭޓް ކުރުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ބޯޑެކެވެ. އެ ބޯޑުގެ ރައީސަކަށް ހަމްދީ އައްޔަންކުރައްވަން ރައީސް މުއިއްޒު ނިންމެވީ މި ވެރިކަމުގެ ފުރަތަމަ ހަފުތާގެ ތެރޭގަ އެވެ.

ހަރަދު ކުޑަކުރުމަށާއި، ރަމަޟާން މަހުގެ އިނާޔާތާ ގުޅޭ ގޮތުން ޕީސީބީން މިއަދު ވަނީ ކުންފުނިތަކަށް ސާކިއުލާއެއް ނެރެފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ގެންނެވުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި އަބްދުއްރަހީމް "ބާކީކޮށްލައި" އޭނާއާ ގާތް ގުޅުން އޮންނަ ބައެއް މީހުން މަގާމުތަކުން ވަނީ ވަކިކުރަން ފަށައިފަ އެވެ.

ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަބްދުއްރަހީމްގެ ދަރިކަލުން އިބްރާހިމް ފައިސަލް ވެސް މަގާމުން ވަކިކުރި އެވެ. އަދި ދާދި ފަހުން ވަނީ އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް ވެސް އެ މަގާމުން ވަކިކޮށްފަ އެވެ.

ރައީސް މުއިއްޒުގެ ސިޔާސީ ބާރު ގަދަކޮށް، ޕީއެންސީ ހިންގެވުމުން ވެސް އަބްދުއްރަހީމް ވަނީ އެކަހަރިކޮށްފަ އެވެ.