ގަލަތަސަރާއި އަށް ދިން ޕެނަލްޓީއެއްގެ މައްސަލައިގައި ޑެމީރްސްޕޯ އިން ދަނޑުން ފައިބައިފި

10 ފެބުރުވަރީ 2025 - 08:15 0


ގަލަތަސަރާއި އަށް ދިން ޕެނަލްޓީއެއްގެ މައްސަލައިގައި ޑެމީރްސްޕޯ އިން ދަނޑުން ފައިބައިފި

10 ފެބުރުވަރީ 2025 - 08:15 0

އިސްތަންބޫލް، ތުރުކީ (ފެބްރުއަރީ 10) - ތުރުކީ ސުޕަ ލީގުގެ މެޗެއްގައި، ގަލަތަސަރާއި އަށް ދިން ޕެނަލްޓީ މައްސަލައިގައި އަޑަނާ ޑެމީރްސްޕޯ އިން ދަނޑުން ފޭބުމުން މެޗު ސަސްޕެންޑްކޮށްފި އެވެ.

ރޭގެ މެޗުގެ 12 ވަނަ މިނިޓްގައި، ގަލަތަސަރާއި އިން ލީޑުނެގީ ލިބުނު ޕެނަލްޓީ އަކުން އަލްވާރޯ މޮރާޓާ ޖެހި ގޯލުންނެވެ. އެ ޕެނަލްޓީއާ މެދު ވަގުތުން ޑެމީރްސްޕޯ ކުޅުންތެރިންނާއި އޮފިޝަލުން ކަންބޮޑުވުން ފާޅުކުރި އެވެ.

އެކަމަކު، އޭގެ ފަހުން ވެސް ރެފްރީގެ ނިންމުންތަކާ މެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހި ޑެމީީރްސްޕޯގެ ކޯޗު، މުސްތަފާ އަލްޕީ އަވްޝީ އެންގީ ކުޅުންތެރިން ދަނޑުން ފޭބުމަށެވެ. އަދި އެ ޓީމުގެ ހުރިހާ ކުޅުންތެރިން ދަނޑުން ފައިބައި، އޮފިޝަލުންނާ އެކު، ޗޭންޖިން ރޫމަށް ދިއުމާ އެކު، އިރުކޮޅެއްގެ ތެރޭ ރެފްރީ އިއުލާނުކުރީ މެޗު ސަސްޕެންޑްކުރީ ކަމަށެވެ.

ޑެމީރްސްޕޯގެ ރައީސް، މުރާތު ސަންޝާކް ވިދާޅުވީ، ގަލަތަސަރާއި އެދޭހާ ގޮތަކަށް އެ މީހުން ހިތްހަމަޖައްސައިދޭން ރެފްރީ އަކު ހުރެެގެން މެޗު ކުޅެން ޑެމީރްސްޕޯ އިން ބޭނުންނުވާ ކަމަށެވެ.

އެ ވާހަކަތައް ތަފްސީލްކޮށް އޮޅުންފިލުވައިދިނުމަށް، ޑެމީރްސްޕޯގެ ނައިބު ރައީސް، މަތީން ކޯކްމާޒް ވިދާޅުވީ، އެ ޓީމުގެ އެ އަމަލުތަަކަކީ، ގަލަތަސަރާއި އަށް އަމާޒުކޮށް ކުރި ކަމެއް ނޫން ކަމަށާއި އެއީ ތުރުކީ ފުޓްބޯޅަ ފެޑެރޭޝަނުގެ ރެފްރީންގެ ޑިޕާޓްމަންޓްގެ ކަންކަން ރަނގަޅުކުރަން ކުރި ކަމެއް ކަމަށެވެ.

ގަަލަތަސަރާއިގެ ކޯޗު އޮކާން ބުުރުކް ވިދާޅުވީ، ޑެމީރްސްޕޯގެ މި ނިންމުމުގެ ގެއްލުން ލިބޭނީ ވަކި ޓީމަކަށް ނޫން ކަމަށާާއި، މީގެ ގެއްލުން އޮތީ ތުރުކީ ފުޓްބޯޅަ އަށް ކަމަށެވެ.