Advertisement

މުއިއްޒުގެ މޭޔަރު ކަމުގައި ނުހެދުނު މިސްކިތު މަޝްރޫއުއެއް މިނިސްޓަރު ޝަހީމް ފަށައިފި

6 ފެބުރުވަރީ 2025 - 07:34 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ބޮޑުގެ ހުރި ބިމުގައި ތިން ބުރިއަށް އިމާރާތް ކުރާ މިސްކިތުގެ ކުރެހުން


މުއިއްޒުގެ މޭޔަރު ކަމުގައި ނުހެދުނު މިސްކިތު މަޝްރޫއުއެއް މިނިސްޓަރު ޝަހީމް ފަށައިފި

6 ފެބުރުވަރީ 2025 - 07:34 1

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މޭޔަރު ކަމުގައި ފަށަން އިއުލާނުކޮށް، ނުފެށުނު މިސްކިތުގެ މަޝްރޫއުއެއް، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމްގެ މަސައްކަތުން ފަށަން ނިންމައިފި އެވެ.

ޝަހީމް އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މ. މުއިވެޔޮދޮށުގޭ (ބޮޑުގެ) ބިމުގައި ބިނާ ކުރަނީ ތިން ފަންގިފިލާގެ މިސްކިތެއް ކަމަށާއި އެތަނުގައި ގުރުއާނުގެ އިލްމު އުނގަންނައިދެވޭ ގޮތަށް ކްލާސް ރޫމާއި ލައިބްރަރީއެއް ހުންނާނެ ކަމަށެވެ.

"ރަމަޟާން މަހުގެ ފަހުން ވަގުތީ މިސްކިތް ތަޅާލައި އާ މިސްކިތުގެ މަސައްކަތް ފެށޭނެ،" ޝަހީމް ވިދާޅުވި އެވެ.

އާ މިސްކިތް އަޅަނީ ހެޔޮ އެދޭ ފަރާތަކުން ކަމަށް ޝަހީމް ވިދާޅުވެފައިވެ އެވެ.

ޝަހީމްގެ އިސްލާމިކް މިނިސްޓަރު ކަމާ ހަވާލުވި ފަހުން، ރީތި މިސްކިތަކެއް ބިނާކުރަން ހާއްސަ ސަމާލު ކަމެއް ދޭން ވަނީ ފަށައިފަ އެވެ.

ބޮޑުގޭގެ ބިމުގައި މިސްކިތެއް ބިނާކުރުމުގެ ހިޔާލު ފުރަތަމަ ގެންގުޅުއްވީ މާލޭ މޭޔަރަކަށް މުއިއްޒު ހުންނެވި ދުވަސްވަރު އެވެ. އެތަނުގައި ހަތަރު ބުރިއަށް އިސްލާމީ މަރުކަޒެއް ބިނާކުރަން ނިންމައި، އެ ހިޔާލާއި ކުރެހުން މުއިއްޒު ހިއްސާ ކުރެއްވީ އޯގަސްޓު 2021 ގަ އެވެ.

މުއިއްޒު އޭރު ވިދާޅުވި ގޮތުން އެ އިސްލާމީ މަރުކަޒުގެ ފުރަތަމަ ދެ ބުރި ހާއްސަ ކޮށްފައި ވަނީ މިސްކިތަށެވެ. ތިންވަނަ ބުރީގައި ލައިބްރަރީއެއް އަދި ހަތަރުވަނަ ބުރީގައި ހުންނާނީ އޮޑިޓޯރިއަމެކެވެ. އަދި ޕާކިން އަށް ވަކި ބައެއް ކަނޑައަޅަން ޑިޒައިންކޮށްފައިވެ އެވެ.

ހައުސިން މިނިސްޓަރަކަށް މުއިއްޒު ހުންނެވިއިރު ބޮޑުގޭގައި ހަދަން ނިންމީ ޕްރީ ސްކޫލަކާއި ކުޑަކުދިންގެ ޕާކެކެވެ.

ނަމަވެސް މިއިން އެއްވެސް މަޝްރޫއުއެއް ނުފެށުނެވެ.