31 ޖަނަވަރީ 2025 - 13:32 0
ލީވާން އަލީ ނާސިރު
އެމްޑީޕީން މީގެ ކުރިން ބޭއްވި ހިނގާލުމެއްގެ ތެރެއިން: އެމްޑީޕީން މިރޭ ބާއްވާ ހިނގާލުމަށް ސެކިއުރިޓީ ދޭނެ ކަމަށް ފުލުހުން ބުނޭ -- ފޮޓޯ: އަދަދު ފައިލް
31 ޖަނަވަރީ 2025 - 13:32 0
އިދިކޮޅު މައި ޕާޓީ، އެމްޑީޕީން "ގާނޫނު އަސާސީގެ ދިފާއު" ގެ ނަމުގައި މިރޭ މާލޭގައި ބާއްވާ ހިނގާލުމަށް ސެކިއުރިޓީ ދޭނެ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ ހިނގާލުމާ ގުޅޭގޮތުން އެމްޑީޕީއާ އެކު މަޝްވަރާ ކުރެވި، ހިނގާލުން ކުރިއަށްދާ ވަގުތު ސެކިއުރިޓީ ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އޭގެއިތުރުން މާލެތެރެ ބެލެހެއްޓުމަށް މިރޭ ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.
އާންމުކޮށް ހިނގާލުމާއި މުޒާހަރާގެ އިތުރުން ބޮޑު ޖަލްސާއެއް އިދިކޮޅު ސިޔާސީ ޕާޓީތަކުން ބާއްވަންޏާ ފުލުހުން ތިބެނީ އެލާޓުގަ އެވެ.
ނަމަވެސް މިރޭގެ ހިނގާލުމާ ގުޅިގެން ފުލުހުން އެލާޓަށް ގެނެސްފައިވޭތޯ ފުލުހުންގެ މީޑިއާ އޮފިޝަލްއާ ސުވާލު ކުރުމުން މިހައިތަނަށް އެ ސުވާލަށް ޖަވާބު ދީފައެއް ނުވެ އެވެ.
މިއީ މި ސަރުކާރު އައި ފަހުން އިދިކޮޅު ޕާޓީއަކުން މަގުމައްޗަށް ނިކުމެ އެއްވުމެއް ބާއްވާ ފުރަތަމަ ފަހަރެވެ.
އެމްޑީޕީގެ ހިނގާލުން ފަށަން ހަމަޖެހިފައި ވަނީ މިރޭ 08:00 ޖަހާއިރު އާޓިފިޝަލް ބީޗުންނެވެ. އެ ހިނގާލުމުގައި ބައިވެރިވުމަށް ރާއްޖޭގެ އެކި ކަންކޮޅުން މީހުން ދަނީ މާލެއަށް މިއަދު ހަވީރުން ފެށިގެން ޖަމާވަމުންނެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment