ސިނގިރޭޓު އުފައްދާ ގެއިން 103 ފޮށިގަނޑު އަތުލައިގަތް, ބައެއް ފޮށިގަނޑުގައި ދުންފަތް ހުރި

31 ޖަނަވަރީ 2025 - 11:02 0

ލީވާން އަލީ ނާސިރު

ލ

ސިނގިރޭޓު އުފައްދާ ގެއިން އަތުލައިގަތް ފޮށިގަނޑުތައް: ޖުމްލަ 103 ކާޑުބޯޑު ފޮށިގަނޑު އަތުލައިގަތް -- ފޮޓޯ: އަދަދު


ސިނގިރޭޓު އުފައްދާ ގެއިން 103 ފޮށިގަނޑު އަތުލައިގަތް, ބައެއް ފޮށިގަނޑުގައި ދުންފަތް ހުރި

31 ޖަނަވަރީ 2025 - 11:02 0

މާލޭގައި ވަގަށް ސިނގިރޭޓު އުފެއްދުމުގެ މަސައްކަތް ކުރަމުންދާ ގެއަށް ކޯޓު އަމުރަކާއެކު ފުލުހުން ގޮސް 103 ކާޑުބޯޑް ފޮށިގަނޑު ރޭ އަތުލައިގަނެފި އެވެ.

ފުލުހުން ބުނީ އަތުލައިގަތް 103 ފޮށިގަނޑުގެ ތެރޭގައި ދުންފަތް ހުރި ފޮށި ވެސް ހިމެނޭ ކަމަށެވެ. އެކަމަކު އިތުރު ތަފްސީލެއް އެ އިދާރާއިން ނުދެ އެވެ.

"ރޭގައި ހިންގި ސިނރޭޓު އޮޕަރޭޝަންގައި ޖުމްލަ 103 ކާޑްބޯޑް ފޮށިގަނޑު އަތުލައިގަނެފައިވޭ. މީގެ ތެރޭގައި ދުންފަތް ހުރި ފޮށި ވެސް ހިމެނޭ،" ފުލުހުން ބުންޏެވެ.

ފުލުހުން ހިންގި އޮޕަރޭޝަންގައި އެ ފޮށިގަނޑުތައް އަތުލަައިގަތީ ކަރަންކާ މަގުގައި ހުންނަ ހ. ހުޅުގަލީގެ އެޕާޓްމަންޓަކުންނެވެ.

އެނގިފައިވާ ގޮތުގައި ސިނގިރޭޓު އުފައްދަނީ މާލެއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ އާއިލާއިންނެވެ. އުފައްދާ ސިނގިރޭޓަށް ކިޔަނީ "އެޗްޑީ" އެވެ.

ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑު ކުރި ފަހުން ސިނގިރޭޓުގެ އަގު 240ރ. އަށް އެރިއިރު ވެސް، އެޗްޑީ އަދި ނިއު ލެޖެންޑް ވިއްކަމުންދަނީ 100ރ. އަށް ވުރެ ދަށުންނެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާ ގުޅޭ ގާނޫނުގެ ދަށުން ދިވެހިރާއްޖޭގައި ދުންފަތުގެ އެއްވެސް ބާވަތެއް ވިއްކުމަކީ މަނާ ކަމެކެވެ. އަދި ދުންފަތް އެތެރެ ކުރާ ނަމަ ވަކި ހާއްސަ ހުއްދައެއް ވެސް ނަގަންޖެހެ އެވެ.

އެކަމަކު، ވަގަށް ސިނގިރޭޓު އުފައްދާތީ އެ ސިނގިރޭޓަށް ޓެކުހެއް ވެސް ނުދައްކަ އެވެ. އެ ސިނގިރޭޓު އުފައްދަނީ ވަގަށް ކަމަށް ވިޔަސް މާލެ ތެރޭގެ ފިހާރަތަކުގެ ހަރުގަނޑުތަކުގައި އެ ސިނގިރޭޓު ވިއްކަން ބަހައްޓާފައި ހުރެ އެވެ.