30 ޖަނަވަރީ 2025 - 18:02 0
ލީވާން އަލީ ނާސިރު
ދިރާގު "ވިން އަ ސްޕީޑް ބޯޓް" ޕްރޮމޯޝަންގެ ނަސީބުވެރިޔާ ހޮވުމަށް ހުޅުމާލޭގައި މިރޭ ބޭއްވި ހަފުލާ -- ފޮޓޯ: ވީޑިއޯ ސްނެޕްޝޮޓް
30 ޖަނަވަރީ 2025 - 18:02 0
ދިރާގު "ވިން އަ ސްޕީޑް ބޯޓް" ޕްރޮމޯޝަންގެ ދަށުން އަލްޝާލީ މެރިން މެޖެލަން 32 ސްޕީޑް ބޯޓުގެ ނަސީބުވެރިއަކަށް ގއ. ވިލިނގިލި، ހުސެއިން ފަޔާޒް ހޮވިއްޖެ އެވެ.
ފޯރިގަދަ ޝޯއަކާ އެކު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްދިޔަ ރަސްމިއްޔާތުގައި ގުރުނަގައިގެން ހޮވުނީ "7797866" ނަންބަރުގެ ވެރިފަރާތް ފަޔާޒް އެވެ.
ބޮޑު ތަރުހީބެއް ލިބުނު އެ ޕްރޮމޯޝަންގެ ނަސީބުވެރިޔާ ހޮވީ ނެކްސިއާ މޯލްޑިވްސް އިން ކުރި މިނިވަން އޮޑިޓުންނެވެ.
އަލް ޝާލީ މެރިން، މެޖެލަން 32 ސްޕީޑްބޯޓަކީ ރާއްޖޭގެ އެންމެ އިސް ސަފުގައި ހަރަކާތްތެރިވާ ބޯޓު އެފުއްދުންތެރިން ކަމުގައިވާ އަލްޝާލީ މެރިން މޯލްޑިވްސްއިން ފަރުމާކޮށްފައިވާ ލޯންޗެކެވެ.
އެ ހައި ސްޕީޑް ލޯންޗާ އެކު މި ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތަކަށް ލޯންޗަށް ބޭނުންވާ 175 ހޯސްޕަވަރުގެ ދެ އައުޓްބޯޑް އިންޖީނުވެސް ޔަމަހާއިން ލިބިގެންދާނެ އެވެ. ޔަމަހާއަކީ ރާއްޖޭގައި 50 އަހަރު ދުވަހުގެ ހިދުމަތުގެ ތަޖުރިބާ ލިބިފައިވާ، ދުނިޔޭގެ ނަން މަޝްހޫރު، އައުޓްބޯޑް އިންޖީނަށް ހާއްސަ ބްރޭންޑެކެވެ.
ދިރާގުން ދަނީ ކޮންމެ އަހަރަކު ވެސް އެ ކުންފުނީގެ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަންތައް ކުރިއަށް ގެންގޮސް، ދިރާގުގެ ކަސްޓަމަރުން ޑިޖިޓަލް ރާއްޖޭގައި ކުރިއެރުމަށް އެހީތެރިވަމުންނެވެ.
އެގޮތުން މިދިޔަ އަހަރު ކުރިއަށް ގެންދިޔަ ޕްރޮމޯޝަނެއްގައި ނަސީބުވެރިއަކަށް ދިރާގުން ޓެސްލާ ކާރެއް ދިނެވެ. އެ ޕްރޮމޯޝަނަށް ވެސް އާންމުންގެ ބޮޑު ތަރުހީބެއް ލިބުނެވެ.
100.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment