Advertisement

ރާއްޖެ ވަޑައިގެން ނޫސްވެރިންނާ ބައްދަލުނުކުރައްވައި އަބްދުއްރަހީމް ކާރުގައި ވަޑައިގަތީ ގެއަށް

28 ޖަނަވަރީ 2025 - 18:22 2

އަހުމަދު އާއިދު

އ

Advertisement

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ : އެނބުރި ރާއްޖެ ވަޑައިގެން އެމަނިކުފާނު ވަނީ ނޫސްވެރިންނާ ބައްދަލުނުކުރައްވާ ގެއަށް ވަޑައިގަންފަ --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


ރާއްޖެ ވަޑައިގެން ނޫސްވެރިންނާ ބައްދަލުނުކުރައްވައި އަބްދުއްރަހީމް ކާރުގައި ވަޑައިގަތީ ގެއަށް

28 ޖަނަވަރީ 2025 - 18:22 2

Advertisement

Advertisement

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން އަބްދުއްރަހީމް އަބްދުﷲ ދުރުކުރުމުގެ މަޝްވަރާތަކެއް ވެރިކަން ހިންގާ ޕީއެންސީ ތެރޭގައި ފަށާފައި ވަނިކޮށް މެލޭޝިއާއަށް ކުރެއްވި ދަތުރު ކުރުކޮށްލެއްވުމަށް ފަހު މިރޭ މާލެ ވަޑައިގަތް، ނޫސްވެރިންނާ ބައްދަލުނުކުރައްވާ ގެއަށް ވަޑައިގަންނަވައިފި އެވެ.

އަބްދުއްރަހީމް މަގާމުން ދުރުކުރުމުގެ މަޝްވަރާތައް ފެށުނީ އެމަނިކުފާނާއި ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އޮތް ގުޅުން ހީނަރުވުމާ ގުޅިގެންނެވެ. އަބްދުއްރަހީމްގެ ދަރިކަލުން އިބްރާހިމް ފައިސަލް މިއަދު ޓޫރިޒަމް މިނިސްޓަރުކަމުންވެސް ވަނީ ވަކިކޮށްފަ އެވެ.

Advertisement

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުން އަބްދުއްރަހީމް ދަތުރުކުރެއްވި ފުލައިޓުން ފައިބައި ވަޑައިގެން އަރާވަޑައިގެންނެވީ އެމަނިކުފާނުގެ ކާރަށެވެ. އާންމުކޮށް ކާރަށް އަރާވަޑައިގަންނަވަނީ ވީއައިޕީ ޓާމިނަލުގެ ބޭރުންނެވެ.

އަބްދުއްރަހީމް އާ ސުވާލު ކުރުމަށް ނޫސްވެރިން އެއްވެ ތިބީ އެ ޓާމިނަލް ބޭރުގަ އެވެ. ރާއްޖޭގެ ބޮޑެތި ގިނަ ނޫސްތަކުގެ ނޫސްވެރިންނާއި ޓީވީ ޗެނަލްތަކުގެ ނޫސްވެރިންވެސް މިރޭ އެއާޕޯޓަށް ގޮސްފައިވެ އެވެ. ނަމަވެސް ކާރުކޮޅުގައި އަބްދުއްރަހީމް މުރައިދޫއަށް ވަޑައިގަތީ "ވަލު ދޮރުއަށިން" ލާފަ އެވެ.

މަޖިލީހުގެ ރައީސްގެ އިތުރުން އަބްދުއްރަހީމް އަކީ ވެރިކަންކުރާ ޕީއެންސީގެ ޗެއާޕާސަން އެވެ. ޕާޓީގެ ހިންގުމުގެ މަސައްކަތުން ވެސް އަބްދުއްރަހީމް މިހާރު ވަނީ އެކަހެރިކޮށްފަ އެވެ.

Advertisement

ރާއްޖޭގެ މީޑިއާއަކަށް މިއަދު ދެއްވި އިންޓަވިއުއެއްގައި އަބްދުއްރަހީމް ވިދާޅުވީ އެމަނިކުފާނާއި ރައީސް ޑރ. މުހައްމަދު މުއިއްޒުއާ އޮތް ގުޅުން ހީނަރުނުވާ ނަމަ ފައިސަލް މަގާމުން ވަކި ނުކުރީސް ކަމަށެވެ.

ރައީސް މުއިއްޒު އާއި އަބްދުއްރަހީމްއާ ދެމެދު މައްސަލަ ޖެހެން ފެށީ އަބްދުއްރަހީމް "އެކަހެރިކޮށްލުމުން" ކަމަށް އޭނާއާ ގާތް ބައެއް މީހުން ވަނީ މި ނޫހާ ވާހަކަ ދައްކަމުން ބުނެފަ އެވެ. ރައީސް މުއިއްޒު، އަބްދުއްރަހީމް ދުރުކޮށްލެއްވީ އޭނާގެ ސިޔާސީ "އެމްބިޝަން" މާ މަތީގައި ހުރުމުން ކަމަށް އަބްދުއްރަހީމްއާ ގާތް ބޭފުޅުން ބުނެ އެވެ.

އެކަމަކު، މީގެ ކުރިން ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ އަބްދުއްރަހީމްއަކީ އެމަނިކުފާނު އެންމެ ފަހުރުވެރިވާ ސިޔާސީ ޝަހުސިއްޔަތު ކަމަށެވެ.

Advertisement

25.00%

0.00%

75.00%

0.00%

މި ލިޔުން ކިޔާލުމުން


Advertisement

Advertisement

ހަސަންދީ(ލ)

5 days ago

ވީގޮތަކީ މުއިއްޒަށް ހީވީ އަދުރޭ މީ ވަރަށް ނުފޫޒުއޮތް މީހެކޭ، އަސްލަކީ އެއީއެއްނޫން، އެކުގަ އުޅެލީމާ އެނގޭނެ މީ ހަމަ ހުސްއަނގައެއްކަން، ފައިސާއެއް އޮތީކީނޫން، މުދަލެއް އޮތީކީނޫން، ލ.ފޮނަދޫގެ ބައެއް ފިޔަވާ އެހެން ބަޔަކު ތާއީދުކުރާ ނޫނީ ސަހުސީގޮތުން ދަންނަ މީހަކީނޫން. އެކަމު އޭނާ ބޭނުންވާނީ ފައިސާއާ މަގާމުތައް. އެހިސާބުން މުއިއްޒުއަށް މިކަންކަން ފަހުމްވެ މަޑުމަޑުން ދުރުކޮށްލަނީ އެ، މަޖިލިސް ރައީސްކަމުންވެސް ވަކިކުރާނެ!

ރ އަދުރޭބެގެ ފޭނުން

5 days ago

އަބްދުރޭބެ އެބަ ޖެހޭ ރައްޔިތުންނަށް ހާމަކޮށްދޭން ވެގެން މިއުޅޭ ގޮތުގެ ހަގީގަތް. ނޫނީ މުއިއްޒު ކިޔާފާނެ ކޮންމެ ފަދަ އެއްޗެއް ވެސް. އަދުރޭބެ ބުނާ އެއްޗަކަށް ބޮޑަށް ބަރުދަން އިތުރުވާނީ މިހާލަތުގަ.