Advertisement

އަފްގާނިސްތާން ކުޅޭތީ ބޮއިކޮޓް ކުރަން ބަޓްލާ އެއްބަހެއް ނޫން

22 ޖަނަވަރީ 2025 - 06:07 0

Advertisement


އަފްގާނިސްތާން ކުޅޭތީ ބޮއިކޮޓް ކުރަން ބަޓްލާ އެއްބަހެއް ނޫން

22 ޖަނަވަރީ 2025 - 06:07 0

Advertisement

ލަންޑަން (ޖެނުއަރީ 22) - އަންނަ މަހު ޕާކިސްތާނުގައި ކުރިއަށްދާ އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) ޗެމްޕިއަންސް ޓްރޮފީ މުބާރާތުގައި އަފްގާނިސްތާން ވާދަކުރާތީ އެ މުބާރާތް ބޮއިކޮޓްކުރަން އިނގިރޭސި ސިޔާސީ ފަރާތަކުން ގޮވާލިޔަސް އެކަން އެގޮތަށް ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް އިނގިރޭސި ކެޕްޓަން، ޖޯސް ބަޓްލާ ބުނެފި އެވެ.

ފެބްރުއަރީ 19 އިން މާޗް 9 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ ޗެމްޕިއަންސް ޓްރޮފީ މުބާރާތުގައި ގްރޫޕް ބީގައި ހިމެނެނީ، އިންގްލެންޑް، އޮސްޓްރޭލިއާ، އަފްގާނިސްތާން އަދި ދެކުނު އެފްރިކާ އެވެ.

Advertisement

ދާދި ފަހުން، އިނގިރޭސި 200 އެއްހާ ސިޔާސީ ފަރާތްތަކުން ވަނީ ޕެޓިޝަނެއް ތައްޔާރުކޮށް، އިންގްލެންޑާއި ވޭލްސްގެ ކްރިކެޓް ބޯޑަށް ފޮނުވައިފަ އެވެ. އެ ޕެޓިޝަނުގައި ބުނެފައިވަނީ، ތޯލިބާނުން އަފްގާނިސްތާންގައި ބާރު ހިންގަމުން އަންނަ ގޮތުގެ ސަބަބުން، އަފްގާނިސްތާންގައި އިންސާނީ ހައްގުތައް ކަށަވަރުނުވާ ކަމަށެވެ.

އަދި އަފްގާނިސްތާންގެ އަންހެނުންނަށް ކަންކަން ކުރުމުގެ އަމިއްލަ މިނިވަންކަން ނޯންނާތީވެ، އެއާ ދެކޮޅަށް އަޑުއުފުލުމަށް އަފްގާނިސްތާންގެ މެޗު ބޮއިކޮޓް ކުރަން އިންގްލެންޑަށް ވަނީ މި ޕެޓިޝަން މެދުވެރިކޮށް ލަފާދީފަ އެވެ.

ބަޓްލާ ބުނެފައިވަނީ، އޭނާ ލަފާ ހޯދަނީ، އިނގިރޭސި ކްރިކެޓް ބޯޑު (އީސީބީ) އިން ކަމަށެވެ. އަދި އީސީބީން މިހާތަނަށް ކުރި މަޝްވަރާތަކުގައި ސިޔާސީ ފަރާތްތަކުން އެ އެދޭ ގޮތަށް ކަންކަން ކޮށްދޭން ނިންމާފައިނުވާ ކަމަށެވެ.

Advertisement

"އަހަރެން އަމިއްލަ އަށް ވެސް ދެކެނީ އެއީ ކުރަން ޖެހޭ ކަމެއް ނޫނޭ. މިއީ ކުޅިވަރުގެ މައިދާނުގައި ގަބޫލުކުރެވޭ ނޫނީ ކުރެވޭނެ ކަމެއް ވެސް ނޫނޭ،" ބަޓްލާ ބުންޏެވެ.

"ބޮއިކޮޓް ކުރުމަކީ މީގެ ހައްލެއް ނޫން،"

އަފްގާނިސްތާނާއި އިންގްލެންޑް ކުޅޭ މެޗު އޮންނާނީ އަންނަ މަހުގެ 26 ވަނަ ދުވަހު އެވެ.