19 ޖަނަވަރީ 2025 - 05:32 0
19 ޖަނަވަރީ 2025 - 05:32 0
ލަންޑަން (ޖެނުއަރީ 19) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލުން އަމިއްލަ ދަނޑުގައި 2-2 އިން އެއްވަރުވިއިރު، ބްރެންޓްފޯޑް އަތުން ފަހު ވަގުތު 2-0 އިން މުހިންމު މޮޅެއް ހޯދި ލިވަޕޫލުން ލީގުގެ އެއް ވަނައިގައި ހަމަޖެހުމެއް ހޯދައިފި އެވެ.
އެއް ވަނައިގައި އޮތް ލިވަޕޫލަށް 21 މެޗުން 50 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް އާސެނަލަށް 22 މެޗުން ހަމަކުރެވުނީ 44 ޕޮއިންޓެވެ. ތިން ވަނައިގައި އޮތް ނޮޓިންހަމް ފޮރެސްޓަށް 21 މެޗުން ލިބިފައިވަނީ 41 ޕޮއިންޓެވެ. ހަތަރެއްގައި އޮތް ނިއުކާސަލް ޔުނައިޓެޑަށް 22 މެޗުން 38 ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމު އިއްޔެ އަމިއްލަ ދަނޑުގައި ބޯންމައުތު އަތުން ވަނީ 4-1 އިން ބަލިވެފަ އެވެ.
ބްރެންޓްފޯޑްގެ ދަނޑު ޖީޓެކް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ އިތުރުު ވަގުތާ ހަމައަށް ދެ ޓީމު އޮތީ އެއްވަރުވެފަ އެވެ. ލިވަޕޫލް މޮޅުކޮށްދިން ދެ ގޯލު ވެސް ޖެހީ ބަދަލަކަށް ކުޅެން އެރި ފޯވާޑް ޑާވިން ނޫނޭޒް އެވެ. މި މެޗުގައި ލިވަޕޫލުން ގޯލު ޖަހަން ގިނަ ހަމަލާތަކެއް ފޮނުވާލި ނަމަވެސް ގޯލެއް ޖެހޭގޮތެއްނުވެ، ގިނަ ވަގުތުތަކެއް ހިނގިއިރު، ފަހު ވަގުތު މޮޅުވީ، ހިތްވަރުކޮށްގެން ކުރި މަސައްކަތުން ކަމަށް ލިވަޕޫލްގެ ކޯޗު އާނާ ސްލޮޓް ވަނީ ބުނެފަ އެވެ.
އާސެނަލުން ރޭގެ މެޗު ކުޅުނީ ލިވަޕޫލް މެޗު ނިމުނު ފަހުންނެވެ. މި މެޗުގައި އާސެނަލުން ދެ ގޯލުގެ ލީޑެއް ވެސް ނެގި އެވެ. އެއީ އާސެނަލްގެ ލެއަަންޑްރޯ ޓްރޮސާޑް ތަނަވަސްކޮށްދިން ފުރުސަތުތަކުން، ގަބްރިއެލް މާޓިނެލީ އާއި ކައި ހަވާޓްޒް ޖެހި ގޯލުތަކެކެވެ. އެކަމަކު، ނުވަ މިނިޓް ތެރޭ އެސްޓަން ވިލާގެ ޔޫރީ ޓީލަމަންސް އާއި އޮލީ ވަޓްކިންސް ޖެހި ގޯލުތަކުން ވިލާ އިން އެއްވަރުކުރި އެވެ.
މެޗުގެ ފަހު ކޮޅުގައި އާސެނަލް މޮޅުކޮށްދޭން މިކޭލް މެރީނޯ ގޯލެއް ޖެހި އެވެ. އެކަމަކު، އޭނާ ޖެހި ޝޮޓް ގޯލަށް ވަނީ ހަވާޓްޒް އަތުގައި ޖެހިފައި ކަމަށްވާތީ، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ނިންމީ ހޭންޑްބޯލް އެއް ކަމަށެެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment