Advertisement

އަނިޔާއާ ހެދި އާސެނަލްގެ ޖީސޫސް އަށް ސީޒަން ވަނީ ނިމިފައި: ރިޕޯޓް

about 19 hours 0


އަނިޔާއާ ހެދި އާސެނަލްގެ ޖީސޫސް އަށް ސީޒަން ވަނީ ނިމިފައި: ރިޕޯޓް

about 19 hours 0

ލަންޑަން (ޖެނުއަރީ 14) - އެފްއޭ ކަޕްގެ ތިން ވަނަ ބުރުގައި އާސެނަލްގެ ބްރެޒިލް ފޯވާޑް، ގަބްރިއެލް ޖީސޫސްގެ ކަކުލަށް ލިބުނު އަނިޔާ ސީރިއަސް ކަމަށާއި މި ސީޒަނުގައި އޭނާ ދެން ފެނުމުގެ ފުރުސަތެއް ނެތް ކަމަށް އިނގިރޭސި މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.

ޕެނަލްޓީ ޖަހައިގެން މެންޗެސްޓާ ޔުނައިޓެޑް އަތުން އާސެނަލް ބަލިވި މެޗުގައި ޖީސޫސްގެ ކަކުލަށް ލިބުނު އަނިޔާއާ ގުޅިގެން އޭނާ ބާލަން ޖެހުނީ އަށިގަނޑުގަ އެވެ. މިއީ، ޔުނައިޓެޑްގެ ބްރޫނޯ ފެނާންޑޭސް އާއި ޖީސޫސް ބޯޅައެއް ހޯދަން އުޅުމުގެ ތެރޭގައި އޭނާ އަށް ލިބުނު އަނިޔާ އެކެވެ.

އިނގިރޭސި މީޑިއާތަކުން ރިޕޯޓްކުރާގޮތުގައި، ޖީސޫސްގެ އަނިޔާގެ ތަފްސީލް ދެނެގަންނަން ހެދި ފުރަތަަމަ ޓެސްްޓްތަކުން އެނގުނު ގޮތުގައި އޭނާގެ ކަކުލުގެ ލިގަމެންޓަށް ވަނީ އަނިޔާވެފަ އެވެ. އެހެންވެ، ދެން މި ސީޒަނުގައި އޭނާ އެނބުރި ދަނޑަށް އާދެވޭނެ ކަމަށް ނުބެލެވޭ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.

އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނީ، ޖީސޫސް އަށް އަނިޔާވި ވަގުތު ވެސް ކަންބޮޑުވުންތަކެއް ހުރި ކަމަށާއި މިހާރު ފެންނަން ހުރި ކަންތައްތަކުން ވެސް އެކަން އިހުސާސްކުރެވޭ ކަމަށެވެ.

އެކަމަކު، އަނިޔާގެ ފުރިހަމަ ރިޕޯޓްތައް ލިބުމުގެ ކުރިން އެއްވެސް ކަމެއް ޔަގީންކޮށް އޭނާއާ މެދު ގޮތެއް ނުނިންމާނެ ކަމަށް އާޓެޓާ ބުނެފައިވަނީ، އޭނާ ކުޅުމާ ދުުރުގައި ހުންނަން ޖެހޭނެ މުއްދަތެއް އޮޅުންފިލުވަން ނޫސްވެރިން ސުވާލުކުރުމުންނެވެ.

ގަތަރު ވޯލްޑް ކަޕްގެ ތެރެއިން ކަކުލުގެ ލިގަމެންޓަށް ލިބުނު އަނިޔާއަކާ ހެދި ހަަތަރު މަހު ކުޅުމާ ދުރުގައި ހުންނަން ޖެހުނު ޖީސޫސް، އަށް އަނިޔާވެފައި މި ވަނީ ފަހަކަށް އައިސް އޭނާ ރަނގަޅު ފޯމަކަށް އެޅެމުން އަންނަނިކޮށެވެ. ޖީސޫސް ވަނީ ސީޒަން ފެށިގެން، 20 މެޗަށް ފަހު، ލަނޑެއް ޖެހި ފަހުން، ހަތަރު މެޗުން ހަ ލަނޑު ޖަހައިފަ އެވެ. އޭގެ ތެރޭގައި، ލީގު ކަޕްގައި ކްރިސްޓަލް ޕެލަސް ކޮޅަށް ހެދި ހެޓްރިކް ހިމެނެ އެވެ.

މި ސީޒަނުގައި ޖީސޫސް ޖެހި ހަތް ގޯލުގެ ތެރެއިން ލީގުގައި ޖެހި ތިން ގޯލެވެ. ލީގުގައި ޖީސޫސް އެންމެ ފަހުން ކުޅުނު 27 މެޗަށް ބަލާއިރު ޖެހުނީ، ހަތަރު ގޯލެވެ.