12 ޖަނަވަރީ 2025 - 06:06 0
12 ޖަނަވަރީ 2025 - 06:06 0
ޒިއުރިކް، ސްވިޒަލެންޑް (ޖެނުއަރީ 12) - ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް)ގައި އޮތް ދުނިޔޭގެ އެއް ވަނަ ޓެނިސް ކުޅުންތެރިޔާ، ޖަނިކް ސިނާ މަނާބޭސް ބޭނުންކުރި މައްސަލަ އަންނަ އޭޕްރީލް މަހަށް ތާވަލުކޮށްފި އެވެ.
ސިނާ، 23، މަނާބޭސް ބޭނުންކުރި މައްސަލަ އިންޑިޕެންޓެންޑް ޕެނަލަކުން ބަލައި، މިދިޔަ އަހަރު މާޗް މަހު ނިންމީ ގޯހެއް ނެތް ކަމަށެވެ.
އެކަމަކު، ދެ ފަހަރެއްގެ މަތިން ވެސް ސިނާގެ ސާމްޕަލެއް މަނާބޭހަށް ޕޮޒިިޓިވްވެފައިވާއިރު، މި ކަން ބަލާފައިވަނީ އެންމެ ރަނގަޅަށް ނޫން ކަމަށް ބުނެ، ވޯލްޑް އެންޓި ޑޯޕިން އެޖެންސީ (ވާޑާ) އިން ވަނީ އެކަން ކާސް އަށް ހުށަހަޅައިފަ އެވެ.
ކާސްގައި ވާޑާ އިން ކުރި އެޕީލްގައި ބުނެފައިވަނީ، ސިނާގެ ސާމްޕަލް ޕޮޒިޓިވްވެފައިވާތީ، މި މައްސަލަ ބަލައި، އޭނާ އަށް އެކެއް ނޫނީ ދެ އަހަރުގެ ސަސްޕެންޝަނެއް އަންނަން ޖެހޭ ކަމަށެވެ. މި ކަމާ ގުޅޭގޮތުން، ސިނާ މީގެ ކުރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެ ގޮތުން، ކާސް އިން މިހާރު ނިންމާފައިވަނީ، ވާޑާ އިން ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް، މީހުން ނުވަދެވޭ ގޮތަށް ކުރިއަށްގެންދަން، އަންނަ އޭޕްރީލް މަހު 16 އާއި 17 ވަނަ ދުވަހު ކުރިއަށްގެންދިއުމަށް ކަމަށެވެ.
ޕޮޒިޓިވް ޓެސްޓްތަކާ ބެހޭގޮތުން، ސިނާ ބުނެފައިވަނީ، އޭނާ އަށް އެ މަނާބޭސް ބޭނުންކުރެވުމަކީ އޮޅުމެއް ކަމަށާއި އެއީ، އޭނާގެ ފިޒިއޯތެރަޕިސްޓަށް ހެދުނު ގޯހެއްގެ ސަބަބުން ދިމާވި ކަމެއް ކަމަށެވެ.
ސިނާ މި ވަގުތު އަންނަނީ އޮސްޓްރޭލިއަން އޯޕަންގައި ވާދަކުރަން ތައްޔާރުވަމުންނެެވެ. އޭނާގެ ފުރަތަމަ މެޗު އޮތީ، ޗިލީގެ ނިކޮލަސް ޖެރީއާ ދެކޮޅަށެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment