Advertisement

މި އަހަރު ރިހެބު ސެންޓަރުތަކުގެ އޮނިގަނޑު ބަދަލުކޮށް، ޖާގަ އިތުރު ކުރަން އިސްކަން ދޭންނަން: ލުބްނާ

7 ޖަނަވަރީ 2025 - 15:23 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އެންޑީއޭގެ ޗެއާޕާސަން ލުބްނާ ޒާހިރު: މި އަހަރު ރީހަބު ސެންޓަރުތަކުގެ ސްޓްރަކްޗާ ބަދަލުކޮށް، ޖާގަ އިތުރު ކުރަން އިސްކަން ދޭނެ ކަމަށް ވިދާޅުވި -- ފޮޓޯ؛ އެކްސް


މި އަހަރު ރިހެބު ސެންޓަރުތަކުގެ އޮނިގަނޑު ބަދަލުކޮށް، ޖާގަ އިތުރު ކުރަން އިސްކަން ދޭންނަން: ލުބްނާ

7 ޖަނަވަރީ 2025 - 15:23 0

މަސްތުވާތަކެތީގެ މައްސަލައަށް ހައްލު ހޯދުމަށް މި އަހަރު ރީހަބު ސެންޓަރުތައް އެކުލެވިގެންވާ ގޮތުގެ އޮނިގަނޑަށް ބަދަލު ގެނެސް، ޖާގަ އިތުރު ކުރުމަށް ބޮޑު އިސްކަމެއް ދޭނެ ކަމަށް ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ޗެއާޕާސަން ލުބްނާ ޒާހިރު ވިދާޅުވެއްޖެ އެވެ.

ލުބްނާ ވިދާޅުވީ ރިހެބިލިޓޭޝަން ސެންޓަރު އެންމެ ފުރަތަމަ 1997 ގައި ބިނާ ކުރީއްސުރެން މިއަދާ ހަމައަށް އިމާރާތަށް އެއްވެސް ބަދަލެއް ނައިސް އޮތް އޮތުމަކީ، އެންޑީއޭގެ ފަރުވާގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުން ކަމަށެވެ.

މުޅި ޑީޕީއާރުސީގެ ޖާގައަކީ 205 ކަން ފާހަގަކުރައްވާ ލުބްނާ ވިދާޅުވީ މަސްތުވާތަކެތި ބޭނުން ކުރާ މީހުންގެ އަދަދުތަކަށް ބަލާއިރު ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ދިމާވަމުންދާ ކަމަށެވެ.

"ރީހެބް ސެންޓަރަކީ ވަރަށް ކުރިން ހަދާފައިވާ އިމާރާތަކަށް ވެފައި ފާއިތުވި 10 ނޫނީ 15 އަހަރު ވެސް ނެތް އެއްވެސް ވަރަކަށް ސްޓްރަކްޗާ އަށް ބަދަލެއް ގެނެސްފައެއް، 1997 ވަނަ އަހަރު އަޅާފައި ހުރި އިމާރާތް އަދި ވެސް ހުރީ،" އޭނާ ވިދާޅުވި އެވެ.

މަސްތުވާތަކެތި ބޭނުންކުރާ މީހުން ފަރުވާގެ ނިޒާމަށް ވެއްދުމަށް ހާއްސަ އޮޕަރޭޝަނެއް އެންޑީއޭ އާއި ފުލުހުން ގުޅިގެން މިދިޔަ އޮކްޓޯޞަރު 22، 2024، ގައި ވަނީ ފަށާފަ އެވެ.

އެ އޮޕަރޭޝަނުގެ ދަށުން ކުށުގެ ވެށިން ހައްޔަރު ކުރާ މީހުންގެ ތެރެއިން މަސްތުވާތަކެތި ބޭނުން ކުރާ މީހުންނާއި މަސްތުގެ ހާލަތުގައި ތިބެ ސަލާން ޖަހައި މާލޭގެ މަގުތަކާއި މިސްކިތްތަކުގައި ނިދާ މީހުން އަންނަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ޑްރަގް އޮފެންޑާސްގެ ރިމާންޑަށް ބަދަލު ކުރަމުންނެވެ.

ރާއްޖޭގައި ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރު ނުވަތަ މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދޭ ސެންޓަރުތައް ހުންނަނީ ކ. ހިންމަފުއްޓާއި ހުޅުމާލޭގަ އެވެ.