Advertisement

އަވަސް އެޕް ލޯންޗު ކުރުން ހަވާ އެރުވުމާ އެކު ހުކުރު ދުވަހު ސެންޓްރަލް ޕާކުގައި

7 ޖަނަވަރީ 2025 - 17:04 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


އަވަސް އެޕް ލޯންޗު ކުރުން ހަވާ އެރުވުމާ އެކު ހުކުރު ދުވަހު ސެންޓްރަލް ޕާކުގައި

7 ޖަނަވަރީ 2025 - 17:04 0

ރާއްޖޭގައި ޓެކްސީ ހިދުމަތް ދެމުންދާ އެންމެ ބޮޑު އެއް ބްރޭންޑް ކަމަށްވާ އަވަސް ރައިޑުން "އަވަސް އެޕް" ގެ ނަމުގައި މުޅިން އާ އެޕްލިކޭޝަނެއް ތައާރަފް ކުރަން އަންނަ ހުކުރު ދުވަހު ހަވާ އެރުވުމުގެ އިތުރުން ގިނަ ހަރަކާތްތަކެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.

އަވަސް އެޕް ހުކުރު ދުވަހު ރަސްމީކޮށް ލޯންޗު ކުރުމަށް ހަމަޖެހިފައި ވަނީ ރޭގަނޑު 8:00 އިން ފެށިގެން ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ. އަދި ކުޑަކުދިންގެ ހަވީރު ބޭއްވުމަށް ހަމަޖެހިފައި ވަނީ ހަމަ އެ ދުވަހު ހަވީރު 4:00 އިން ފެށިގެން އިރުއޮއްސި 7:00 ޖަހަންދެން ސެންޓްރަލް ޕާކުގަ އެވެ.

އަވަސް ރައިޑުން ބުނީ ހަވީރު އޮންނަ ކުޑަކުދިންގެ ހަވީރުގައި ރޮބޯމޭންގެ ހާއްސަ ޝޯއެއް ބޭއްވުމަށް ރާވާފައިވާ ކަމަށާއި އެކި އުމުރުފުރާތަކަށް ހާއްސަ ކުޅިވަރު ހަރަކާތްތައް ވެސް ސެންޓްރަލް ޕާކުގައި އެ ދުވަހު ކުރިއަށްދާނެ ކަމަށެވެ.

"އަވަސް އެޕް ލޯންޗު ކުރުމުގެ އުފަލުގައި ކުލަގަދަ މި ހަފްލާގައި، ރޭގަނޑު ހަވާ އަރުވަން ވެސް ވަނީ ނިންމާފައި،" އަވަސް ރައިޑުން ބުންޏެވެ.

އޭގެއިތުރުން ހަވީރު އޮންނަ އިވެންޓުގައި ބައިވެރިވާ މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް އިނާމެއްގެ ގޮތުގައި ޕްލޭސްޓޭޝަން 5 އެއް ދިނުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. ގުރުއަތު ނެގުން ހަމަޖެހިފައި ވަނީ ހަވީރު އޮންނަ އިވެންޓު ނިންމާލުމަށްފަހު އެވެ.

އަވަސް ރައިޑްގެ ހިދުމަތް 2019 ގައި މާލެ ސިޓީގައި ފެށިއިރު، އެ ހިދުމަތް ފުޅާކޮށް ރާއްޖޭގެ އެކި ކަންކޮޅުން ވެސް ހިދުމަތް މިހާރު އަންނަނީ ދެމުންނެވެ.

އެގޮތުން މިހާރު ވެސް 3،000 ވެހިކަލް އަވަސް އެޕް ބޭނުންކުރެ އެވެ. ދަތުރުފަތުރުގެ ސިނާއަތް އާ އިންގިލާބެއް ގެނައުމަށް މަސައްކަތް ކުރަމުންދަނީ ދިވެހި ޒުވާން ޓީމަކުންނެވެ.