Advertisement

ޔުނައިޓެޑާ އެއްވަރުވެ ލިވަޕޫލަށް ލީޑުފުޅާނުކުރެވުނު

6 ޖަނަވަރީ 2025 - 00:09 0

ޔުނައިޓެޑްގެ ދެ ވަނަ ލަނޑު ޖެހި އަމަދު ޑިއާލޯ އުފާފާޅުކުރަނީ.


ޔުނައިޓެޑާ އެއްވަރުވެ ލިވަޕޫލަށް ލީޑުފުޅާނުކުރެވުނު

6 ޖަނަވަރީ 2025 - 00:09 0

ލިވަޕޫލް (ޖެނުއަރީ 5) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑާ 2-2 އިން އެއްވަރުވެ، ލީގުގެ އެއް ވަނައިގައި ލީޑުފުޅާކުރަން ލިބުނު ފުރުސަތު ލިވަޕޫލުން ނަގާލައިފި އެވެ.

މި ނަތީޖާއާ އެކު، ލިވަޕޫލް މި ވަގުތު ލީގުގެ އެއް ވަަނައިގައި އޮތީ ހަ ޕޮއިންޓުގެ ލީޑަކާ އެކު އެވެ. އެއީ، 19 މެޗުން 46 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް އާސެނަލަށް 20 މެޗުން ވަނީ 40 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ނޮޓިންހަމް ފޮރެސްޓަށް ވަނީ 19 މެޗުން 37 ޕޮއިންޓް ލިބިފަ އެވެ.

ލިވަޕޫލް ދަނޑުގައި މިރޭ ކުޅުނު މި މެޗު ކުޅެވުމާ މެދު ގޮތެއް ނިންމަން ޖެހުނީ އިމަޖެންސީ ބައްދަލުވުންތަކެއް ބާއްވައިގެންނެވެ. އެއީ، މޫސުމާ ހެދި މެޗު ކެންސަލްކޮށްލަން ޖެހިދާނެތޯ ނޫނީ ކުރިއަށްދާނީތޯ ކަށަަވަރުކުރަން ބޭއްވި އިމަޖެންސީ ސޭފްޓީ ބައްދަލުވުންތަކެކެވެ.

އެންމެ ފަހުން ލީގުގައި ކުޅުނު ތިން މެޗުން ބަލިވި ޔުނައިޓެޑުން މި މެޗުގައި ލީޑުނެގީ ދެ ވަނަ ހާފް ފެށިގެން ހަތް މިނިޓް ތެރޭ ލިސަންދްރޯ މާޓިނޭޒް ޖެހި ގޯލުންނެވެ. ލިވަޕޫލުން އެއްވަރުކުރީ ކޯޑީ ގަކްޕޯ ޖެހި ގޯލުންނެވެ.

ލިވަޕޫލްގެ ލަނޑު ޖެހުމަށް ފަހު ވެން ޑައިކް އާއި ސަލާހު އުފާފާޅުކުރަނީ.


މެޗުގައި ލިވަޕޫލުން ލީޑުނެގީ މުހައްމަދު ސަލާހު ކާމިޔާބުކުރި ޕެނަލްޓީންނެވެ. މިއީ، އޭރިއާތެރެއިން ޔުނައިޓެޑްގެ ޑިފެންޑަރު، މަތައިސް ޑި ލިޓް އަތުގައި ބޯޅަ ޖެހުމުން، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން އަންގައިގެން ދަނޑުގައި ހުރި މޮނީޓަރުން ވެސް ބަލައިފައި ދިން ޕެނަލްޓީ އެކެވެ. މި ލަނޑާ އެކު، ސަލާހު ވަނީ ޕްރިމިއާ ލީގުގައި 175 ވަނަ ލަނޑު ޖަހައި، ތިއަރީ އޮންރީ ޖެހި އަދަދާ ހަމަކޮށްފަ އެެވެ.

ޔުނައިޓެޑަށް އެއްވަރުކޮށްދިން ގޯލު ޖަހައިިދިނީ ބަދަލަކަށް ކުޅެން އެރި އަލެހަންދްރޯ ގާނާޗޯ ދިން ބޯޅައަކުން އަމަދު ޑިއާލޯ ޖެހި ގޯލުންނެވެ. މެޗުން ޔުނައިޓެޑް މޮޅުވާން އިތުރު ވަގުތުގައި ހެރީ މެގުއާ އަށް ލިބުނު ރަނުގެ ފުރުސަތުގައި އޭނާ ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

މި މެޗުން ލިބުނު ޕޮއިންޓާ އެކު، ޔުނައިޓެޑް ލީގުގެ 13 ވަނައިގައި އޮތީ 20 މެޗުން 23 ޕޮއިންޓާ އެކު އެވެ.