Advertisement

ފެނަކައިގެ މައި އޮފީސް ހިންގާނެ އިމާރާތެއް ހޯދަން އިއުލާނުކޮށްފި

29 ޑިސެންބަރު 2024 - 18:59 3

އަހުމަދު އާއިދު

އަހުމަދު އާއިދު


ފެނަކައިގެ މައި އޮފީސް ހިންގާނެ އިމާރާތެއް ހޯދަން އިއުލާނުކޮށްފި

29 ޑިސެންބަރު 2024 - 18:59 3

ރާއްޖޭގެ ރަށްރަށުގައި ކަރަންޓާއި ފެނުގެ ހިދުމަތް ފޯރުކޮށްދޭ ސަރުކާރުގެ ޔޫޓިލިޓީ ކުންފުނި, ފެނަކަ ކޯޕަރޭޝަނުގެ މައި އޮފީސް ހިންގާނެ އިމާރާތެއް ހޯދަން އިއުލާނުކޮށްފި އެވެ.

އެ ކުންފުނީގެ މައި އޮފީސް މިހާރު ހުންނަނީ މާފަންނުގައި ހުންނަ ޕޯޓް ކޮމްޕްލެކްސް އިމާރާތުގަ އެވެ. ފެނަކައިން މިއަދު ގެޒެޓުކުރި އިއުލާނެއްގައި ބުނީ އޮފީސް އިމާރާތެއް ހޯދަނީ ފަސް އަހަރުގެ މުއްދަތަށް ކަމަށެވެ.

މިއީ ފެނަކައިން މިކަމަށް ކުރި ދެވަނަ އިއުލާނެވެ. ކުރީގެ އިއުލާނު ބާތިލުކުރީ އެކަށޭނެ ތަރުހީބެއް ނުލިބުމުން ކަމަށް މިއަދު ކުރި އިއުލާނުގައިވެ އެވެ. އެ ކުންފުނީގެ މައި އޮފީސް ހިންގަން ހޯދަނީ މާލޭގައި ހުރި 10،000 އަކަފޫޓަށްވުރެ ކުޑަނޫން ތަނެކެވެ.

އެ ތަނުގައި ހުންނަންވާނެ ޝަރުތުތައް، ގެޒެޓުކުރި އިއުލާނާއެކު ހިމަނާފައިވާ މައުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވެ އެވެ.

ފެނަކައަށް އޮފީސް އިމާރާތް ކުއްޔަށް ދިނުމަށް ބިޑުކުރާއިރު ސެކިއުރިޓީގެ ގޮތުގައި 100،000ރ. ދައްކަން ޖެހެ އެވެ. އިއުލާނުގައިވާ ގޮތުން ބިޑުގައި ބައިވެރިވުމަށް ރަޖިސްޓްރީ ވެވޭނީ ޖެނުއަރީ 9، 2025 ގެ މެންދުރުފަހު 3:00 އާ ހަމައަށެވެ.

އެ މަހު އަށެއްގެ ކުރިން މައުލޫމާތު ސާފުކުރުމަށްފަހު، ބިޑު ހުށަހެޅޭނެ ސުންގަޑިއެއްގެ ގޮތުގައި އިއުލާނުގައި އޮތީ ޖެނުއަރީ 12، 2025 ގެ ހެދުނު 11:00 އެވެ.

ފެނަކަ އަކީ މިވަގުތު ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު ގެއްލުމެއްގައި ހިންގަމުންދާ އެއް ކުންފުންޏެވެ.

މި ސަރުކާރުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ކަމަށް އެންމެ ފުރަތަމަ އައްޔަންކުރި މުއާޒް މުހައްމަދު ރަޝީދު މި މަހު 23، ގައި އިސްތިއުފާދެއްވީވެސް އެ ކުންފުނީގެ މާލީ ހާލަތު ގޯސްވެ ކުންފުނި ސަލާމަތް ކުރެވޭނެ މަގެއް ފެންނަން ނެތް ކަމަށް ވިދާޅުވަމުންނެވެ.