Advertisement

ސަކާ އަށް އަނިޔާގެ ސަބަބުން ގިނަ މެޗުތަކެއް ގެއްލޭނެ

about 16 hours 0


ސަކާ އަށް އަނިޔާގެ ސަބަބުން ގިނަ މެޗުތަކެއް ގެއްލޭނެ

about 16 hours 0

ލަންޑަން (ޑިސެމްބަރު 24) - އާސެނަލްގެ ތަރި ބުކާޔޯ ސަކާ އަށް އަނިޔާވެ ގިނަ ހަފްތާތަކެއް ވަންދެން ކުޅުމާ ދުރުގައި ހުންނަން ޖެހޭއިރު ގިނަ މެޗުތަކެއް ގެއްލޭނެ ކަމަށް އެ ޓީމުގެ ކޯޗު މިކޭލް އާޓެޓާ ބުުނެފި އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހު 5-1 ގެ ނަތީޖާ އަކުން ކްރިސްޓަލް ޕެލަސް އަތުން އާސެނަލް މޮޅުވި މެޗުގައި ސަކާ ބަދަލުކުރީ ފަލަމަސްގަނޑަށް އަނިޔާވެގެންނެވެ.

ސަކާ, 23, ވަނީ މި ސީޒަނުގައި 24 މެޗު ކުޅެ ނުވަ ގޯލު ޖަހައިދީ 13 ގޯލު ޖެހުމަށް އެހީތެރިވެދީފަ އެވެ.

އާޓެޓާ ބުނީ ސަކާގެ އަނިޔާ ރަނގަޅު ނޫން ކަމަށެވެ. އަދި ގިނަ ހަފްތާތަކަކަށް ކުޅުމާ ދުރުގައި ސަކާ ހުންނަން ޖެހޭ ކަމަށެވެ.

އާޓެޓާ ބުނީ އަނިޔާގެ މައްސަލަތަކުގެ ކަންކަމުގެ ހަގީގަތް ފެންނަން އެބައޮތް ކަމަށާއި އެ ކަން ބަދަލުނުވާނެ ކަމަށާއި، މިހާލަތުގައި ކްލަބުން އިސްކަން ދެނީ ސަކާ އަށް ކޮށްދޭން ޖެހޭ ކަންތައްތަކަށް ކަމަށެވެ. އަދި މުޅި އާސެނަލް ޓީމުން މިތިބީ ސަކާއާ އެކުގައި ކަމަށް އާޓެޓާ ވަނީ ބުނެފަ އެވެ.

"ސަކާ އަކީ މުހިންމު ކުޅުންތެރިއެއް. މިހާރު ފޯކަސް ހުރީ ސަކާއާ ނުލާ ކުރިއަށް ހުރި މެޗުތަކުގައި ކުޅެން ޖެހޭ ޕްލޭން ތައްޔާރުކުރަން." އާޓެޓާ ބުންޏެވެ.

މިއީ، ސަކާ އަށް މި ސީޒަނެއްގައި ކުރިމަތިވި ފަލަމަސްގަނޑުގެ ތިން ވަނަ އަނިޔާ އެވެ. އާސެނަލް ސީނިއާ ޓީމަށް 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ކުޅެމުން އަންނަ ސަކާ ނުލައި، އޭގެ ފަހުން އެ ޓީމުން ކުޅުނު 73 މެޗުން އެ ޓީމު މޮޅުވީ، 41 މެޗުންނެވެ. އަދި 22 މެޗުން ބަލިވިއިރު، 10 މެޗު ވަނީ އެއްވަރުވެފަ އެެވެ.

ލީގުގެ އެއް ވަނައިގައި އޮތް ލިވަޕޫލަށް 16 މެޗުން 39 ޕޮއިންޓް ލިބިފައިވާއިރު، ޗެލްސީ ދެ ވަނައިގައި އޮތީ 17 މެޗުން 35 ޕޮއިންޓާ އެކު އެވެ. އާސެނަލުން 17 މެޗު ކުޅުނުއިރު، އެ ޓީމަށް ވަނީ 33 ޕޮއިންޓް ލިބިފަ އެވެ.