23 ޑިސެންބަރު 2024 - 23:46 0
އަތޫފް އާތިފް
23 ޑިސެންބަރު 2024 - 23:46 0
ވިޒިޓް މޯލްޑިވްސް ކްލަބް (ވީއެމްސީ) އިން އިންތިޒާމުކޮށްގެން, ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ސްޕޯޓްސް ފިޝިން މުބާރާތް ކަމަށްވާ "ބުރުނު ބޮމަ" ލޯންޗްކޮށްފި އެވެ.
މި މުބާރާތް އިފްތިތާހުކޮށްދެއްވީ މި ކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި މަސްވެރިކަމާ ބެހޭ މިނިސްޓްރީގެ ވަޒީރު، އަހުމަދު ޝިޔާމް އެވެ.
ވީއެމްސީ އިން ބުނީ މި ފެށުމަކީ ރާއްޖޭގައި ކުޅިވަރު ފަތުރުވެރިކަން ކުރިއެރުވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. މީގެ އިތުރުން ދެމެހެއްޓެނިވި މަސްވެރިކަމުގެ އާދަތަކަަށް ރާއްޖޭން ދޭ އަހަންމިއްޔަތުކަން މި މުބާރާތުގެ ސަބަބުން ފާހަގަވެގެންދާނެ ކަމަށް ވީއެމްސީ އިން ފާހަގަކުރި އެވެ.
މި މުބާރާތް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްއެމްޕީއާރުސީގެ ސީއީއޯ އިބްރާހީމް ޝިއުރީ ވިދާޅުވީ މިއީ އަދި ފެށުމެއް ކަމަށެވެ.
މި މުބާރާތުގެ ކުރިން އަދި އެތައް ބައިވަރު އިވެންޓްތައް ކުރިއަށް ހުންނާނެ ކަމަށާއި, މި މުބާރާތް މުސްތަގުބަލުގައި ކުރިއަށްދާނީ އިންޓަނޭޝަނަލް ސްޕޯޓްސް ފިޝިންގް ފެސްޓިވަލެއްގެ ގޮތުގައި ކަމަށް ވެސް ޝިއުރީ ވިދާޅުވެފައިވެ އެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ ރާއްޖެއަކީ ސްޕޯޓްސް ފިޝިންގް އަށް ލޯބިކުރާ ފަރާތްތަކަށް އެންމެ އެދެވޭ މަންޒިލުކަމުގައި ހަދާ ބައިނަލްއަގްވާމީ ފަތުރުވެރިކަމުގެ ކަލަންޑަރުގައި ފާހަގަކޮށްލެވޭ ހަރަކާތަކަށް މި ހަރަކާތް ހެދުން" ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް)ގެ ނައިބު ރައީސްކަން ވެސް ކުރައްވަމުން އަންނަ ޝިއުރީ ވިދާޅުވި އެވެ.
ބުރުނު ބޮމަ މުބާރާތުގައި އެންމެ ބޮޑު އަހަންމިއްޔަތުކަމެއްދޭނީ "ކެޗް އެންޑް ރިލީޒް" އުސޫލަށެވެ. އެ ގޮތުން އެންމެ އިސްކަމެއްދޭނީ ރާއްޖޭގެ ކަނޑުގެ ތިމާވެށި ރައްކާތެރިކުރުމަށް ކަމަށް ވީއެމްސީ އިން ބުނެ އެވެ.
Comment