about 3 hours 0
އަމަން ހަލީމް
ސަސްޕެންޑުކޮށްފައި ތިބި ބޯޑު މެމްބަރުން: މެނޭޖިން ޑިރެކްޓަރު ފަޒުލް ވެސް ހުރީ އޮފީހަށް ނުނިކުމެވޭ ގޮތަށް ސަސްޕެންޝަނުގައި -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު
about 3 hours 0
ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް އެ ސްކީމުން ގޯތި ލިބުނު ކަމަށް ވަގު ލިޔުންތަކެއް ތައްޔާރުކޮށް ވަގަށް ގޯތިތަކެއް ވިއްކި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ފުލުހުން ކުރިއަށް ގެންދާ ތަހުގީގު ނިމެންދެން އެޗްޑީސީގެ ޗެއާމަން ފިޔަވައި ބޯޑުގެ ހުރިހާ މެންބަރުން ސަސްޕެންޑުކޮށްފި އެވެ.
ދައުލަތް ހިއްސާވާ ކުންފުނިތަކުގެ ބެލެނިވެރި އިދާރާ، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން ނެރުނު ކުރު ނޫސް ބަޔާނެއްގައި ބުނީ އެ ކުންފުނީގެ ޗެއާމަން އަހުމަދު ނާސިފު ފިޔަވައި އެހެން ހުރިހާ ބޯޑު މެންބަރުން މިއަދުން ފެށިގެން ސަސްޕެންޑުކޮށްފައިވާ ކަމަށެވެ.
އޭގެ އިތުރުން ޕީސީބީން ވަކި ގޮތެއް އަންގަންދެން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދަށް ވެސް އޮފީހަށް ނުނިކުމެވޭ ގޮތަށް ސަސްޕެންޑުކޮށްފައިވާ ކަމަށް ޕީސީބީން ބުންޏެވެ.
އެޗްޑީސީގެ ބޯޑު މެންބަރުން ސަސްޕެންޑުކޮށްފައި މިވަނީ ވަގަށް ގޯތިތަކެއް ވިއްކި މައްސަލައިގައި އެޗްޑީސީގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށް ފަޒުލް ވިދާޅުވި ފަހުންނެވެ. މި މައްސަލަ ސޯޝަލް މީޑިއާ އާއި ނޫސްތަކުގައި ފެންމަތިވުމާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ވިދާޅުވީ، އެޗްޑީސީން އެއްވެސް ބިމެއްގެ ރަޖިސްޓްރީއެއް އަދި އެއްވެސް އެއްބަސްވުމެއް ހަދާފައި ނޯންނާނެ ކަމަށެވެ.
މި މައްސަލައިގެ ތެރެއިން އެންމެ ބޮޑު ތުހުމަތެއް އަމާޒު ވަނީ ފަޒުލްއަށެވެ. ސަބަބަކީ އާންމުވީ ލިޔެކިޔުންތަކުގެ ތެރޭގައި އޭނާގެ ބޭބެ، އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލު ރަޝީދުގެ ބިމެއް އޮތް ކަމަށް ބުނެ ވަށާ ފާރު ރޭނުމުގެ ހުއްދައަށް އެދިފައިވާތީ އެވެ.
ވަށާ ފާރު ރޭނުމުގެ ހުއްދަ ނުދޭ ކަމަށް ފަޒުލް ތަކުރާރުކޮށް ވިދާޅުވި ނަމަވެސް މި މައްސަލައިގައި ހިމެނޭ ލޮޓް ނަމްބަރުގައި ވަށާ ފާރު ރާނާފައި ހުރި ކަން "އަދަދު" ގެ ނޫސްވެރިން ވަނީ ކަށަވަރުކޮށްފަ އެވެ.
ވަގަށް ގޯތި ވިއްކި މައްސަލައިގެ ތަހުގީގަށް ފުލުހުން ވަނީ އިއްޔެގެ ހަވީރުގެ ވަގުތެއްގައި އެޗްޑީސީއަށް ވަދެފަ އެވެ. ފުލުހުން މި މައްސަލަ ބަލަމުން ދަނީ ފޯޖުކޮށްފައި ހުރި ލިޔެކިޔުންތަކެއް ބޭނުންކޮށްގެން ގޯތިތަކެއް ހޯދި ކަމަށް ތުހުމަތުކުރެވޭތީ އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް އަންނަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.
Comment