9 ޑިސެންބަރު 2024 - 14:54 1
ލީވާން އަލީ ނާސިރު
ދިރާގުގެ ހެޑް އޮފީސް -- ފޮޓޯ: ދިރާގު
9 ޑިސެންބަރު 2024 - 14:54 1
ޕައިޕްލައިން އެވޯޑްސްގައި "އިނޮވޭޝަން އިން ޑިޖިޓަލް ޓްރާންސްފޯމޭޝަން" އެވޯޑް ދިރާގަށް ލިބިއްޖެ އެވެ.
ދިރާގަށް އެ އެވޮޑް ލިބުނީ އެތިޔާއާ އެކު ކުރިއަށް ގެންދިޔަ އެކުންފުނިން ކަސްޓަމާ ރިލޭޝަންޝިޕް މެނޭޖްމެންޓް (ސީއާރްއެމް) ޓްރާންސްފޮމޭޝަން ޕްރޮޖެކްޓަށެވެ.
އެ އެވޯޑަކީ ދިރާގުން ކަސްޓަމަރުންގެ ތަޖުރިބާތައް އިތުރަށް ފުރިހަމަކޮށް، އޮޕަރޭޝަންތައް ސްޓްރީމްލައިން ކުރުމަށް ޒަމާނީ ޓެކްނޮލޮޖީ ގެނައުމަށް ކުރާ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ދިން އެވޯޑެކެވެ.
އެތިޔާގެ ބިޒްނަސް ސަޕޯޓް ސިސްޓަމް (ބީއެސްއެސް) ޕްލެޓްފޯމްގެ އެހީގައި ކުރިއަށްގެންދިޔަ އެ ޕްރޮޖެކްޓަކީ ކަސްޓަމަރުންނާ ގުޅުން ބަދަހިކޮށް، އެފަރާތްތަކަށް ކުރިއަށް ވުރެ ރަނގަޅު ފެންވަރުގެ ހިދުމަތް ދިނުމަށް ކުރާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.
ދިރާގުގެ ސީޓީއައިއޯ މުހައްމަދު މުއްސަދު ވިދާޅުވީ އެވޯޑުގެ ކާމިޔާބީން ދައްކުވައިދެނީ އަޅުގަނޑުމެންގެ ހީވާގި ޓީމާއި ޕާޓްނަރުންގެ ބުރަ މަސައްކަތާއި އެއްބާރުލުން ކަމަށާއި އެއީ ބޮޑު ޝަރަފެއް ކަމަށެވެ.
"ޑިޖިޓަލް މާހައުލުގައި ކުރިއަރަމުން އަންނައިރު، އަޅުގަނޑުމެންގެ އުއްމިދަކީ ތަފާތު ޓެކްނޮލޮޖީގެ ޒަރިއްޔާއިން ރާއްޖޭގައި އުޅޭ ފަރާތްތަކުގެ ދިރިއުޅުން މުއްސަނދިކޮށް، މުޖުތަމައުތައް ބާރުވެރި ކުރުވުން" އޭނާ ވިދާޅުވި އެވެ.
ޕައިޕްލައިން އެވޯޑްސްއަކީ ޑިޖިޓަލް އީޖާދުތައް ގެނައުމުގައި އިސް ސަފުގައި ހަރަކާތްތެރިވާ ފަރާތްތައް ފާހަގަކުރާ ބައިނަލްއަގްވާމީ އެވޯޑެކެވެ. އެ އެވޯޑް ދިރާގަށް ލިބުމަކީ އެކުންފުނިން މިހާރަށްވުރެ ހަރުދަނާ، މުވާސަލާތީ ގޮތުން އިތުރަށް ގުޅިފައިވާ މުސްތަގުބަލެއް ބިނާކުރުމަށް ގެންގުޅޭ ދެމެހެއްޓެނިވި ވިސްނުމުގެ ހެއްކެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
ދިރާގުން ވަނީ އެ ކުންފުންޏަށް ލިބުނު އެވޯޑްގެ އަގުވަޒަންކޮށް، ދިރާގާ އެކު މަސައްކަތްކުރި ހުރިހާ ޕާޓްނަރުންނާއި މުވައްޒަފުންނަށް ވަރަށް ހާއްސަ ޝުކުރެއް އަދާކޮށްފަ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ޕައިޕައިލައިންން
3 months ago
ތިއީ އަޅުގަނޑު މެންގެ ރައިސާއި ގުޅޭ އެވޯޑެއް
Comment