Advertisement

ޔޭޔޭ ސްކޭން އެންޑް ވިން ޕްރޮމޯޝަންގެ ނަސީބުވެރިންނާ އިނާމު ހަވާލުކޮށްފި

3 ޑިސެންބަރު 2024 - 06:20 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ޔޭޔޭ ސްކޭން އެންޑް ވިން ޕްރޮމޯޝަންގެ ނަސީބުވެރިން -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ޔޭޔޭ ސްކޭން އެންޑް ވިން ޕްރޮމޯޝަންގެ ނަސީބުވެރިންނާ އިނާމު ހަވާލުކޮށްފި

3 ޑިސެންބަރު 2024 - 06:20 0

ބީއެޗްއެމް ޓްރޭޑާސްއިން ކުރިއަށް ގެންދިޔަ ޔޭޔޭ ސްކޭން އެންޑް ވިން ޕްރޮމޯޝަންގެ ނަސީބުވެރިންނަށް ރޭ އިނާމު ހަވާލުކޮށްފި އެވެ.

ޖުލައި 1 އިން ފެށިގެން އޮކްޓޯބަރު 31 ގެ ނިޔަލަށް ކުރިއަށް ގެންދިޔަ ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ލިބުނީ ބޮޑު ކޮފީ ޕެކެޓު ގަންނަ ފަރާތްތަކަށެވެ.

ބީއެޗްއެމްގައި ކުރިއަށްދިޔަ ރަސްމިއްޔާތުގައި މި ޕްރޮމޯޝަންގެ އުމުރާ ދަތުރު ލިބުނު ފަސް ނަސީބުވެރިންނާއި، 10،000ރ. ގެ ފައިސާ އިނާމު ލިބުނު ފަސް ނަސީބުވެރިން އަދި 5،000ރ. ގެ ފައިސާގެ އިނާމު ލިބުނު 10 ނަސީީބުވެރިންނާ އިނާމު ހަވާލުކުރި އެވެ.

ޔޭޔޭ ސްކޭން އެންޑް ވިން ޕްރޮމޯޝަންގެ ނަސީބުވެރިން -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ޕްރޮމޯޝަން ކުރިއަށްދިޔަ މުއްދަތުގައި ކޮންމެ ދުވަހަކު ތިން މީހަކަށް ޕްރިމިއަމް ކޮފީ މިކްސް ބޮޑު ޕެކެެޓެއް ވެސް ވަނީ ދީފަ އެވެ.

ބީއެޗްއެމް ޓްރޭޑާސް އަކީ އެންމެ ފުޅާ ދާއިރާއެއްގައި ރާއްޖޭގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިކުރާ އެއް ކުންފުންޏެވެ.

ދިވެހިންގެ ދޫތަކަށް އެންމެ ކަމުދާ، ވަގުތުން ތައްޔާރުކޮށްލެވޭ ޔޭޔޭ ކޮފީގެ އިތުރުން "ހޯސެން"، "ކޯސްޓް" އަދި "މައިބޭބީ" ފަދަ އެތައް ބްރޭންޑެއްގެ ސޯލްޑިސްޓްރިބިއުޓަރަކީ ބީއެޗްއެމް އެވެ.