2 ޑިސެންބަރު 2024 - 11:37 0
މުހައްމަދު ޝަހްޒާން
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު، އިބްރާހިމް ފަޒުލް ރަޝީދު -- ފޮޓޯ: މިރާޝް ނާޝިމް
2 ޑިސެންބަރު 2024 - 11:37 0
ވިޔަފާރި ކުރުމަށް އެކި ފަރާތްތަކަށް ކުއްޔަށް ދޫކޮށްފައިވާ ބިމާއި އިމާރާތުގެ ކުލި ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަނަށް ނުދައްކާ މައްސަލައާ ގުޅޭގޮތުން ސުވާލު ކުރުމަށް އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު، ފަޒުލް ރަޝީދު ހާޒިރު ކުރަން އޮތް މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން ކެންސަލްކޮށްފި އެވެ.
ފަޒުލް ހާޒިރު ކުރަން އޮތް މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން ތާވަލު ކުރީ މިއަދު ހެނދުނު 11:00 އަށެވެ. ނަމަވެސް އެ ބައްދަލުވުން މިހާރު ކެންސަލް ކޮށްފައިވާ ކަމަށް އެ ކޮމިޓީގެ ބައެއް މެންބަރުން "އަދަދު" ނޫހަށް މައުލޫމާތު ދެއްވި އެވެ.
"ޕީޖީ ގްރޫޕުގެ ވަރަށް މުހިންމު ބައްދަލުވުމެއް އޮތީމާ ކެންސަލް ކުރީ، އެކަމަކު މާދަމާ އޮންނާނެ،" މާލިއްޔަތު ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ޕީއެންސީ މެންބަރަކު ވިދާޅުވި އެވެ.
އޭނާގެ އިތުރުން ވެސް ބައެއް އެހެން މެންބަރުން އެ ބައްދަލުވުން ސިއްރު ކޮށްފައިވާކަން މި ނޫހަށް ކަށަވަރު ކޮށްދެއްވި އެވެ.
މާލިއްޔަތު ކޮމިޓީއަށް ފަޒުލް ހާޒިރު ކުރަނީ، ހުޅުމާލެ އާއި ތިލަފުއްޓާއި ގުޅީފަޅުން އެޗްޑީސީން ކުއްޔަށް ދޫކޮށްފައި ހުރި ބިންތަކުން ލިބެން ޖެހޭ 1.4 ބިލިއަން ރުފިޔާ އެބަހުރި ކަމަށާއި އޭގެ ތެރޭގައި ބޮޑެތި ވިޔަފާރި ކުންފުނިތައް ވެސް ހިމެނޭ ކަމަށް މިދިޔަ ނޮވެމްބަރު 25، ގައި އޮތް އެ ކޮމިޓީގެ ބައްދަލުވުމުގައި ހާމަ ކުރުމަށްފަހު އެވެ.
މާލިއްޔަތު ކޮމިޓީގެ އެ ދުވަހުގެ ބައްދަލުވުމުގައި މިކަމާ ގުޅިގެން ކުރެވުނު މަޝްވަރާތަކުގައި މެންބަރުން ބުނީ ލިބެން ޖެހޭ ފައިސާގެ ތެރޭގައި ހިނގަމުންދާ އެއްބަސްވުންތަކާ ގުޅިގެން ލިބެން ޖެހޭ 1.2 ބިލިއަން ރުފިޔާ އާއި ބާތިލުކޮށްފައި ހުރި އެއްބަސްވުންތަކުން ލިބެން ޖެހޭ 195 މިލިއަން ރުފިޔާ އެބަ ހުރި ކަމަށެވެ.
ފައިސާ ނުދައްކާ ހުރި ބިންތަކުގެ ތެރޭގައި އެންމެ ބޮޑެތި އަދަދުތަކުން ކުލި ނުދައްކާ ހުރީ ހުޅުމާލޭގައި މަތީ ފަންތީގެ ގެދޮރުއަޅަން "ޑިވެލޮޕްމަންޓް އެންޑް ސޭލްސް ރައިޓްސް" އުސޫލުން ދޫކޮށްފައި ހުރި ބިންތަކާއި ގުޅީފަޅާއި ތިލަފުށިން ސިނާއީ ބޭނުންތަކަށް ދޫކޮށްފައި ހުރި ބިންތަކުންނެވެ.
އެޗްޑީސީއަށް އެންމެ ގިނަ ފައިސާ ނުދައްކާ ހުރި ކުންފުނިތައް
އެ ލިސްޓުގައި ދެން ވެސް އޮތީ މި ގޮތަށް މަތީ ފަންތީގެ ފްލެޓުތައް އިމާރާތް ކުރަން ދޫކޮށްފައި ހުރި ބިންތަކުން ލިބެން ޖެހޭ ފައިސާ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment