Advertisement

ސިއްރުން ސިނގިރޭޓު އެތެރެކުރި ކަމަށް ބުނާ މައްސަލައިގައި ފުލުހުން ހާޒިރުކުރި ކޮމިޓީ ވެސް ސިއްރު

2 ޑިސެންބަރު 2024 - 09:57 1

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގެ އެހެއް ބައްދަލުވުމެއްގެ ތެރެއިން: މި މައްސަލައިގައި މިއަދު ކޮމިޓީއަށް ހާޒިރުކުރީ ފުލުހުންގެ އިދާރާ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


ސިއްރުން ސިނގިރޭޓު އެތެރެކުރި ކަމަށް ބުނާ މައްސަލައިގައި ފުލުހުން ހާޒިރުކުރި ކޮމިޓީ ވެސް ސިއްރު

2 ޑިސެންބަރު 2024 - 09:57 1

ފުޅާ ދާއިރާއެއްގައި ތެލުގެ ވިޔަފާރިކުރާ ހޯކްސް ކުންފުނީގެ ތެޔޮ ބޯޓެއްގައި ވަގަށް ސިނގިރޭޓު އެތެރެކުރި ކަމަށް ބުނާ ފުލުހުން ހާޒިރުކޮށްގެން މިއަދު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) ސިއްރުކޮށްފި އެވެ.

މިއީ މިހާރު ވެސް ތަހުގީގު ކުރަމުންދާ މައްސަލައަކަށް ވާތީ މިއަދުގެ ކޮމިޓީ ބައްދަލުވުން ސިއްރުކުރަން ހުށަހެޅީ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު އެވެ. ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ތާއީދުކުރި އެ ހުށަހެޅުން ފާސްކުރީ ކޮމިޓީއަށް ހާޒިރުވެ ތިއްބެވި މެންބަރުންގެ އިއްތިފާގުންނެވެ.

މި މައްސަލާގައި ހޯމް މިނިސްޓްރީ އާއި ކަސްޓަމްސް ހާޒިރުކޮށްގެން އޮކްޓޯބަރު 30, ގައި ބޭއްވި ކޮމިޓީ ބައްދަލުވުން ވެސް ކުރީ ސިއްރެވެ.

އޮކްޓޯބަރު 25, ގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ތިލަފުށިން 8475 ސިނގިރޭޓު ކާޓޫން ސިނގިރޭޓު ކަމަށް ކަސްޓަމުން ބުނެ އެވެ.

މިފަދަ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގައި ފުޅާ ދާއިރާއެއްގައި ފަހުގެ ތާރީހުގައި ބަލާފައެއް ނުވެ އެވެ.

ސިނިގިރޭޓުގެ މައްސަލައިގައި ހޯކްސްއިން ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުންޏަކީ ސިނގިރޭޓު ވިޔަފާރި ކުރާ ކުންފުންޏެއް ނޫން ކަމަށާއި މި މައްސަލައިގެ ތަހުގީގަށް އެއްބާރުލުން ދޭނެ ކަމަށެވެ.

ކުންފުނި މެދުވެރިކޮށް ހިންގާ ގަވާއިދާ ހިލާފު ހަރަކާތްތަކަށް ހޯކްސް އިން އަބަދުވެސް ދޭނީ ޒީރޯ ޓޮލަރެންސް ކަމަށާއި، ކޮންޓްރޯލްތައް އިތުރުކޮށް އަދި އެތަނުގެ ވަސީލަތްތައް ނަހަމަ ގޮތުގާ ބޭނުން ނުކުރެވޭނެކަން ކަށަވަރުކުރުމަށް އިތުރު ފިޔަވަޅުތަކެއް ހޯކްސްއިން އަޅަމުންދާކަމަށް ވެސް އެ ބަޔާނުގައި ވެ އެވެ.

މި މައްސަލައިގައި އެ ކުންފުނީގެ 14 މުވައްޒަފަކު ސަސްޕެންޑުކޮށްފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.