Advertisement

ބީއެމްއެލްގެ ސީއޯއޯ އަދި ޑެޕިއުޓީ ސީއީއޯގެ މަގާމަށް ސަހާ ވަހީދު

1 ޑިސެންބަރު 2024 - 11:15 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


ބީއެމްއެލްގެ ސީއޯއޯ އަދި ޑެޕިއުޓީ ސީއީއޯގެ މަގާމަށް ސަހާ ވަހީދު

1 ޑިސެންބަރު 2024 - 11:15 0

ބޭންކް އޮފް މޯލްޑިވްސްގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) އަދި ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) މަގާމަށް ސަހާ ވަހީދު މިއަދު އައްޔަނުކޮށްފި އެވެ.

ބޭންކިން ދާއިރާއިން 18 އަހަރަށް ވުރެ ގިނަ ތަޖުރިބާ ހާސިލުކޮށްފައިވާ ސަހާ ބީއެމްއެލްއާ ގުޅުނީ 2010 ވަނަ އަހަރު އެވެ. ބޭންކަށް 14 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވިއިރު އެންމެފަހުން ސަހާ އަދާކުރެއްވީ ޕީޕަލް އެންޑް ޗޭންޖު ޑިރެކްޓަރުގެ މަގާމެވެ.

އިނގިރޭސިވިލާތުގެ ލަންޑަން ސްކޫލް އޮފް އިކޮނޮމިކްސް އެންޑް ޕޮލިޓިކަލް ސައިންސްއިން ސަހާ ވަނީ އިކޮނޮމިކްސް އެންޑް އިކޮނޮމިކް ހިސްޓްރީގެ ދާއިރާއިން ޑިގްރީ ހާސިލުކުރައްވާފަ އެވެ. އަދި, މާސްޓާސް ފުރިހަމަ ކުރެއްވީ ކޮމާޝަލް ލޯގެ ދާއިރާއިންނެވެ.

އޭނާއަކީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ބޯޑުގައި ވެސް އިންނަވާ މެންބަރެކެވެ. އެ މަގާމަށް ސަހާ އައްޔަނުކުރީ ޑިސެމްބަރު 24, 2023 ގަ އެވެ.

ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯގެ މަގާމު ހުސްވީ 42 އަހަރު ބޭންކުގައި ހިދުމަތް ކުރުމަށް ފަހު އެ މަގާމުގައި ހުންނެވި އައިޝަތު ނޫރައްދީން އޮކްޓޯބަރު 31, ގައި އިސްތިއުފާ ދެއްވުމުންނެވެ.