about 20 hours 0
ލީވާން އަލީ ނާސިރު
about 20 hours 0
ދިރާގު ވިން އަ ސްޕިޑްބޯޓް ޕްރޮމޯޝަނާ އެކު ކޮންމެ މަހަކު ހާއްސަ އިނާމެއް ހޯދުމުގެ ފުރުސަތު ދިރާގުން ހުޅުވާލައިފި އެވެ.
ދިރާގުން ލޯންޗުކޮށްފައިވާ އެ ހާއްސަ ޕްރޮމޯޝަންގައި ދިރާގު ޕްރީޕެއިޑް، ޕޯސްޓްޕެއިޑް އަދި ފައިބާ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް މުޅިން އައު އަލް ޝާލީ މެރިން، މަޖެލަން 32 ބޯޓަކާއި ޔަމަހާ އައުޓްބޯޑް ދެ އިންޖީނު ހޯދުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
އެ ޕްރޮމޯޝަންގެ ހާއްސަ އިނާމުގެ އިތުރުން ޕްރޮމޯޝަންގެ އެންރޯލްމަންޓް މުއްދަތުގެ ތެރޭގައި ކޮންމެ މަހަކު ވެސް އިނާމު ލިބޭ ހާއްސަ ބައެއް އެކުލެވިގެންވާނެ އެވެ.
އެ އިނާމުތަކުގެ ތެރޭގައި ގޯ ޕްރޯ ހީރޯ 12، ސްޕޯޓްސް ފިޝިންގް ގިއާ ސެޓް، ސުންޓޯ ޑީ5 ވޮޗް އަދި ޑީޖީއައި މިނީ އެސްއީ ފްލައި މޯ ކޮމްބޯ ފަދަ ހިތްގައިމު އިނާމުތައް ހިމެނެ އެވެ.
ދިރާގު ވިން އަ ސްޕީޑްބޯޓް ޕްރޮމޯޝަންގެ ބޮޑު އިނާމު ހޯދުމަށް އެންރޯލްވާ ހުރިހާ ޕްރީޕެއިޑް، ޕޯސްޓްޕެއިޑް އަދި ފައިބާ ބްރޯޑްބޭންޑް ކަސްޓަމަރުން ވެސް ކޮންމެ މަހަކު ކުރިއަށްދާ މި އިނާމު ލިބޭ ގުރުވަތުގައި އޮޓޮމެޓިކްކޮށް ބައިވެރިކުރެވޭނެ އެވެ.
އެގޮތުން ދިރާގުން ވަނީ މިހާރު އެންރޯލްވި ކަސްޓަމަރުންގެ މެދުގައި ދެ ގުރުވަތު ނަގާ، ގޯ ޕްރޯ ހީރޯ 12 އަދި ސްޕޯޓްސް ފިޝިންގް ގިއަރ ސެޓް ލިބޭ ނަސީބުވެރި ކަސްޓަމަރުން ހޮވާފަ އެވެ.
ޕްރީޕެއިޑް ޕްލޭންތަކަށް 400ރ. ނުވަތަ އެއަށްވުރެ މަތިން ރީޗާޖުކުރާ ކަސްޓަމަރުންނާއި ޕޯސްޓްޕެއިޑް 400 އަދި ފައިބާ ބްރޯޑްބޭންޑް 30އެމް އަށް ވުރެ މަތީގެ ޕްލޭންތަކަށް ސަބްސްކްރައިބްކުރާ ފަރާތްތަކަށް ދިރާގު ވިން އަ ސްޕިޑްބޯޓް ޕްރޮމޯޝަންގެ ގުރުވަތުގައި ބައިވެރިވެވޭނެ އެވެ.
ދިރާގުގެ ހިދުމަތް މިހާރު ބޭނުންކުރަމުންދާ ކަސްޓަމަރުންނާއި އަލަށް ދިރާގާއި ގުޅޭ ކަސްޓަމަރުންނަށް ވެސް އެ ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ދިރާގުން ވަނީ ހުޅުވާލާފަ އެވެ.
އަދި ހާއްސަ ޕޯޓަލް މެދުވެރިކޮށް ޑިސެމްބަރު 15، ގެ 23:59 ކުރިން އެ ޕްރޮމޯޝަންގައި ހުރިހާ ކަސްޓަމަރުންނަށް ވެސް އެންރޯލްވެވޭނެ އެވެ. އެ ޕްރޮމޯޝަނާ ބެހޭ އިތުރު މައުލޫމާތު ޕޯޓަލްއިން ހޯދުމަށް ވަނީ އެދިފަ އެވެ.
ދިރާގުން ދަނީ ކަސްޓަމަރުންނަށް ހާއްސަކޮށްގެން ކޮންމެ އަހަރަކު ވެސް އަގުހުރި އިނާމުތައް ލިބޭ ޕްރޮމޯޝަންތައް ކުރިއަށް ގެންދަމުންނެވެ.
Comment