about 8 hours 0
about 8 hours 0
ބޮޓްސްވާނާ އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ ހުރިހާ އިވެންޓެއްގެ ކުއާޓާ ފައިނަލުން ރިވައިވަލް ސްޕޯޓްސް ކްލަބްގެ ކުޅުންތެރިން ޖާގަ ހޯދައިފި އެވެ.
އެ ގޮތުން، ގަދަ 16 ބުރުގައި، މިއަދު ކުޅުނު މެޗުތަކަށް ބަލާއިރު، ފިރިހެން ސިންްގަލްސްގައި ޒަޔާން ވަނީ އަޒަރުބައިޖާންގެ އާގިލް ގަބީލޯވް އަތުން 21-18، 21-14 އިން މޮޅުވެފަ އެވެ. ގަބީލޯވް އަކީ ދާދި ފަހުން ނިމުނު ޒެމްބިއާ މުބާރާތުގައި ދެ އިވެންޓަކުން ރަން މެޑަލް ނެގި ކުޅުންތެރިއެކެވެ.
ފިރިހެން ސިންގަލްސްގެ ކުއާޓާ ފައިނަލުން ނިބާލް އަހުމަދު ޖާގަ ހޯދީ ބޮޓްސްވާނާގެ ޓުމެލޯ މޮއިލްވާ އަތުން 21-06، 21-14 އިން މޮޅުވެގެންނެވެ.
ނިބާލް، ކުއާޓާގައި ކުޅޭނީ މުބާރާތުގެ ފިރިހެން ސިންގަލްސްގެ އެއް ވަނަ ސީޑު، އަޒަރުބައިޖާންގެ ޑިކީ ޑްވީ ޕަންގެސްޓޫއާ އެވެ. ޒަޔާން ކުއާޓާގައި ކުޅޭނީ މުބާރާތުގެ މި އިވެންޓްގައި ދެ ވަނަ އަށް ސީޑުކޮށްފައިވާ، ޒެމްބިއާގެ ކަލޮމްބޯ މުލެންގާއާ އެވެ.
ފިރިހެން ޑަބަލްސްގައި ޒަޔާން އާއި ނިބާލްގެ ޕެއާ އިން ވަނީ ޔޫގަންޑާގެ ފްރެޑް ކިރާބޯ އާއި އިވާން މަޔޭގާގެ ޕެއާ 21-13، 21-14 އިން ބަލިކޮށްފަ އެވެ. ކުއާޓާގައި ޒަޔާން އާއި ނިބާލްގެ ޕެއާ އިން ކުޅޭނީ ޒިމްބާބްވޭގެ ޓްރިނިޓީ ޗިޕުމްހޯ އާއި ބްލެސިން މަހްވިރޭގެ ޕެއާއާ އެވެ.
އަންހެން ސިންގަލްސްގައި އައިމިނަތު ނަބީހާ ވަނީ ގަދަ 16 ބުރުގައި ޓުކުޒާ އެމްބޭވޭ އަތުން 21-11، 21-06 އިން މޮޅުވެފަ އެވެ. ކުއާޓާ ފައިނަލުގައި ނަބީހާ ކުޅޭނީ ޔޫގާންޑާގެ ހަރްޝިތާ ސިންގްއާ އެވެ. އަންހެން ސިންގަލްސްގައި ފާތިމަތު ނަބާހާ ކުޅެން އޮތް މެޗުން ވަނީ ވޯކްއޯވާވެފަ އެވެ. ކުއާޓާގައި ނަބާހާ ބައްދަލުކުރާނީ ޖެނީވާ ސިއަމޫޕަންގިލާއާ ދެކޮޅަށެވެ.
މިކްސް ޑަބަލްސް ގަދަ 16 ބުރުގައި، ނަބީހާ އާއި ނިބާލްގެ ޕެއާ އިން ވަނީ، ޒެމްބިއާގެ ޕީޓާ ޕޯހޯ އާއި ޓުކުޒާގެ ޕެއާ 21-11، 21-06 އިން ބަލިކޮށްފަ އެވެ. ކުއާޓާގައި ނިބާލް އާއި ނަބީހާގެ ޕެއާ އިން ކުޅޭނީ އަޒަރުބައިޖާންގެ އާގިލް އާއި އީރާ މަފްތުހާގެ ޕެއާ ދެކޮޅަށެެވެ. އަދި ޒަޔާން އާއި ނަބާހާގެ ޕެއާ އިން ކުއާޓާގައި ކުޅޭނީ ބޮޓްސްވާނާގެ ކެތަަބަނެޓްސްވޭ ގޯޑްނޯސް އާއި ނޭންސީ ކަހާކާގެ ޕެއާއާ އެވެ.
އަންހެން ޑަބަލްސް ކުއާޓާގައި ނަބާހާ އާއި ނަބީހާގެ ޕެއާ އިން ކުޅޭނީ، ޒެމްބިއާގެ މެރީ ޗިލަމްބޭ އާއި އެވެލީން ސިއަމުޕަންގިލާގެ ޕެއާއާ އެވެ.
Comment