Advertisement

ނަސްރުގެ ދުވަހުގެ މައުރަޒު ހުޅުވައިފި؛ ހަނދާންތަކާއި, ބޭނުންކުރި ހަތިޔާރު ފެންނާނެ

3 ނޮވެންބަރު 2024 - 09:11 1

ނަސްރު ދުވަހުގެ މައުރަޒު ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްލަވާލައްވަނީ. -- ފޮޓޯ: ރައީސް އޮފީސް


ނަސްރުގެ ދުވަހުގެ މައުރަޒު ހުޅުވައިފި؛ ހަނދާންތަކާއި, ބޭނުންކުރި ހަތިޔާރު ފެންނާނެ

3 ނޮވެންބަރު 2024 - 09:11 1

ނަސްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު 2024 ރައީސް ޑރ. މުހައްމަދު މުއިއްޒު ހުޅުވައިދެއްވައިފި އެވެ.

މި މައުރަޒުން ނޮވެމްބަރު 3، 1988ގައި ކުރިމަތިވި އުދުވާނީ ހަމަލާގައި ލިބުނު ގެއްލުންތަކާއި އެ ދުވަހު ނަސްރު ހޯދުމަށް ސިފައިން ދެއްކި ހިތްވަރު ފެނިގެންދާނެ އެވެ. އެފަދަ 200 އަށްވުރެ ގިނަ ޑިސްޕްލޭ ހުރިއިރު، އޭގެތެރޭގައި ފޮޓޯގެ އިތުރުން ނަސްރުގެ ދުވަހު ބޭނުން ކުރި ބައެއް އަސްލު ހަތިޔާރު އެބަ ހުއްޓެވެ.

މިއަދުން ފެށިގެން މިމަހުގެ 9 ގެ ނިޔަލަށް ނޭޝަނަލް އާޓް ގެލަރީގައި ކުރިޔަށްދާ މި މައުރަޒު ހުޅުވިފައި ހުންނާނީ ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 9:00 އިން 12:00، މެންދުރުފަހު 2:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށެވެ.

ރައީސް އޮފީހުން ބުނީ މި މައުރަޒުގެ މައިގަނޑު ބޭނުމަކީ ނަސްރުގެ ދުވަހުގެ މައުލޫމާތު އަދުގެ ޖީލަށް ބުނެދިނުމެވެ.

މިއަހަރުގެ ނަސްރުގެ ދުވަސް ފެށިގެން ދިޔައީ އިސްލާމީ މަރުކަޒުގައި ޖަމާއަތުގައި ކުރި ފަތިސް ނަމާދުންނެވެ. އެއަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ 3 ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި ގާޑް މައުންޓް ކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފަ އެވެ.