Advertisement

އެންގުމަކާ ނުލައި އެމްއެމްސީގެ ރައީސް ބަޔާނެއް ނެރުމުން ނޫސްވެރިޔާ މޫސަ އެޑްވައިޒަރީ ކޮމިޓީން އިސްތިއުފާދީފި

2 ނޮވެންބަރު 2024 - 05:11 4

އަހުމަދު އާއިދު

އ

Advertisement

ނޫސްވެރިޔާ މޫސާ ރަޝީދު: އެންގުމަކާ ނުލާ އެމްއެމްސީގެ ރައީސް ބަޔާން ނެރުމާ ގުޅިގެން އޭނާ ވަނީ އެޑްވައިޒަރީ ކޮމިޓީން އިސްތިއުފާދީފި --- ފޮޓޯ: އެމްއެމްސީ


އެންގުމަކާ ނުލައި އެމްއެމްސީގެ ރައީސް ބަޔާނެއް ނެރުމުން ނޫސްވެރިޔާ މޫސަ އެޑްވައިޒަރީ ކޮމިޓީން އިސްތިއުފާދީފި

2 ނޮވެންބަރު 2024 - 05:11 4

Advertisement

Advertisement

މޯލްޑިވްސް މީޑީއާ ކައުންސިލް (އެމްއެމްސީ) ގެ އެޑްވައިސަރީ ކޮމިޓީއަށް އެންގުމަކާ ނުލައި އެ ކައުންސިލްގެ ރައީސް އަހުމަދު މުސްތަފާ ބަޔާނެއް ނެރުމުން އެޑްވައިސަރީ ކޮމިޓީގެ މެންބަރުކަމުން ނޫސްވެރިޔާ މޫސާ ރަޝީދު އިސްތިއުފާ ދީފި އެވެ.

އިސްތިއުފާ ދިނުމަށްފަހު މޫސަ ފޮނުވި ސިޓީގައި ބުނީ، އެމްއެމްސީގެ އެޑްވައިޒަރީ ކޮމިޓީ އަކީ އެމްއެމްސީ ނެރޭ ބަޔާންތައް ނެރުމުގަޔާއި އާންމުންނާއި މީޑިއާތަކަށް މައުލޫމާތު ދިނުމުގައި އެ ކައުންސިލުގެ ރައީސަށް ލަފާދިނުމަށް އޮންނަ ކޮމިޓީއެއް ކަމަށެވެ.

Advertisement

"ނަމަވެސް ނޮވެމްބަރު 1، 2024 ގައި ކައުންސިލުން ނެރެފައިވާ ބަޔާނަކީ އެ ކޮމިޓީގެ މަޝްވަރާއެއް ނެތި އަދި އަޅުގަނޑު ހިމެނޭ ގޮތަށް ކޮމިޓީގެ ބައެއް މެންބަރުންނަށް އެނގުމަކާ ނުލާ ނެރެފައިވާ ބަޔާނެއް،" މިހާރު ނޫހުގައި މަސައްކަތްކުރާ ނޫސްވެރިޔާ މޫސަގެ ސިޓީގައިވެ އެވެ.

ކޮމިޓީގެ ލަފައެއް ނެތި ކައުންސިލުން ބަޔާން ނެރޭ ނަމަ އެފަދަ ކޮމިޓީގެ މެންބަރެއްގެ ގޮތުގައި ހުރުމުގެ ބޭނުމެއް ނެތް ކަމަށާއި އިސްތިއުފާ ދޭން ނިންމީ އެ ސަބަބާހުރެ ކަމަށް ވެސް މޫސަ ބުނެފައިވެ އެވެ.

ތަހުގީގީ ދާއިރާއިން ނޫސްވެރިކަމުގެ އިނާމު "ސްކީލާން" އަށް

ސެޕްޓެމްބަރު 26, 2023 ގައި މި ޑޮކިއުމެންޓަރީގެ ވީޑިއޯ ރިލީސްކޮށް އަދި ހާއްސަ ރިޕޯޓެއް "އަދަދު" ނޫހުގައި ޝާއިއުކޮށްފައިވާނެ.

ތަހުގީގީ ދާއިރާއިން ނޫސްވެރިކަމުގެ އިނާމު "ސްކީލާން" އަށް

ސެޕްޓެމްބަރު 26, 2023 ގައި މި ޑޮކިއުމެންޓަރީގެ ވީޑިއޯ ރިލީސްކޮށް އަދި ހާއްސަ ރިޕޯޓެއް "އަދަދު" ނޫހުގައި ޝާއިއުކޮށްފައިވާނެ.

Advertisement

މީޑިއާ ކައުންސިލުން ބުދަ ދުވަހުގެ ރޭ ބޭއްވި 2023 ވަނަ އަހަރުގެ ނޫސްވެރިކަމުގެ އިނާމުގައި ތަހުގީގީ ދާއިރާއިން ނޫސްވެރިކަމުގެ އިނާމު "އަދަދު" ނޫހުން އުފެއްދި "ސްކީލާން" ޑޮކިއުމެންޓަރީއަށް ލިބުމާއެކު ސަރުކާރަށް ތާއީދުކުރާ ފަރާތްތަކާއި ޕަބްލިކް ސާވިސް މީޑިއާއިން ވެސް ވަނީ އެކަމާ ދެކޮޅަށް ވާހަކަ ދައްކައިފަ އެވެ.

އެގޮތުން، ޖަލްސާ ލައިވް ކުރަމުން ދަނިކޮށް އެ ޖަލްސާގައި ޕީއެސްއެމްގެ އެޑިޓޯރިއަލް ކޮންޓެންޓާ ހިލާފު ވީޑިއޯއެއް ދެއްކި ކަމަށް ބުނެ މީޑިއާ ކައުންސިލުގެ މައްސަލަ ޕީއެސްއެމުން ވަނީ ރައްޔިތުންގެ މަޖިލީހަށް ވެސް ފޮނުވައިފަ އެވެ. އެ ބަޔާނާއެކު ޕީއެސްއެމްގެ ވަޒީފާގައި ހުރި އެމްއެމްސީގެ ރައީސް މުސްތަފާ ވަނީ މަގާމުން ވެސް ވަކިކޮށްފަ އެވެ.

ނަމަވެސް، ހުކުރު ދުވަހު އޭނާއަށް ވަނީ އަނބުރާ ވަޒީފާ ދީފަ އެވެ. ވަޒީފާ ދިނުމުން މުސްތަފާ ބުނީ އެވޯޑު ހަފުލާގައި އޭނާގެ ބައިވެރިވުމެއް ނެތް ކަމަށާއި "ސްކީލާން" ޑޮކިއުމެންޓަރީގައި މައްސަލަތަކެއް އުޅޭ ކަމަށެވެ. މޫސަގެ އިސްތިއުފާގެ ސިޓީގައި ރިއާޔަތް ކޮށްފައިވަނީ މި ބަޔާނަށެވެ.

Advertisement

0.00%

66.67%

0.00%

33.33%

މި ލިޔުން ކިޔާލުމުން


Advertisement

Advertisement

މުލޭ

4 months ago

ރައީސަކީ ކީއްކުރާ މީހެއް. ތިބުނަނީ ކަލޭމެން ބުނާއެއްޗެއް ނޫން އެހެން އެއްޗެއް ރައީސަށް ނުނެރެވޭނެއޭތަ. އެޑްވައިޒަރީ ކޮމިޓީއަކީ ރައީސް ބޭނުންވެއްޖެނަމަ އެޑްވައިސް ހޯދަން އޮންނަ ކޮމިޓީއެއް.

އަސްލު.....

4 months ago

ސާބަސް، މަދީ ތިގޮތަށް ކެރޭ ނޫސްވެރިންވެސް އަދި އާއްމުން ވެސް.....

ވަކްތުން ވަކްތައް އުވާލާ

5 months ago

ކޮންހާ މަޝްހޫރެއްވާން އުޅޭ ބައެއްތަ މިއީ އަޅެފަހެ. ތިޔަ ތަންތަން އުވާލަ ބަލަ. މީޑިއާ ކައުންސިލް ބްރޮޑްކާސްޓިން ކަމިޝަން އިންފޮމޭޝަން ކަމިޝަނަރު. ތަންތަން ޖޫރިމަނާ ކުރުން ނޫން ކަމެއް ނުކުރޭ.

ރުފިޔާ

4 months ago

މި ޕޯސްޓް ކުރަން ލިބުނީ ކިހާ ފައިސާއެއް؟