Advertisement

ކާވާ މެންސް ވޮލީބޯލް ޗެމްޕިއަންޝިޕް: ފުރަތަމަ މެޗުން ކިރްގިސްތާން އަތުން ރާއްޖެ ބަލިވެއްޖެ

19 އޮކްޓޯބަރު 2024 - 08:40 0

ކިރްގިސްތާނާއި ރާއްޖެ ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ)


ކާވާ މެންސް ވޮލީބޯލް ޗެމްޕިއަންޝިޕް: ފުރަތަމަ މެޗުން ކިރްގިސްތާން އަތުން ރާއްޖެ ބަލިވެއްޖެ

19 އޮކްޓޯބަރު 2024 - 08:40 0

އުޒްބެކިސްތާންގައި އިއްޔެ ފެށި ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ) މެންސް ވޮލީބޯލް ޗެމްޕިއަންޝިޕްގައި ގައުމީ ފިރިހެން ޓީމުން ކުޅުނު ފުރަތަމަ މެޗުން ކިރްގިސްތާން އަތުން ބަލިވެއްޖެ އެވެ.

އިއްޔެ މެންދުރު ކުޅުނު މެޗު ކިރްގިސްތާން އިން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ, 25-15, 25-13, 25-16 އިންނެވެ.

ޖުމްލަކޮށް މުޅި މެޗުގައި ވެސް ކިރްގިސްތާން ފެނިގެންދިޔައީ ވަރުގަދަ ކޮށެވެ. އަދި އެ ޓީމުގެ ވަރުގަދަ އެޓޭކުތައް ހުއްޓުވުމުގައި ދިވެހި ކުޅުންތެރިންނަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ ސާވިސްތައް ރިސީވް ނުކުރެވުމެވެ.

މުބާރާތުގައި ރާއްޖެ ކުޅޭ ދެ ވަނަ މެޗުގައި މިއަދު ތުރުކުމެނިސްތާނާ ދެކޮޅަށް ކުޅޭނެ އެވެ. ތިން ވަނަ މެޗުގައި، އަފްގާނިސްތާނާ ކުޅުމަށް ފަހު، ލީގު ބުރުގެ ފަހު މެޗުގައި ބައްދަލުކުރާނީ ތަޖިކިސްތާނާ އެވެ.

ގައުމީ ޓީމުން މި މުބާރާތައް ނުކުތްއިރު، ގައުމީ ކޯޗަކަށް ހަމަޖައްސާފައިވަނީ މުހައްމަދު ޝަރަފް އެވެ. ޝަރަފް ވެސް ވަނީ މީގެ ކުރިން ގައުމީ ކޯޗުކަން ކޮށްދީފަ އެވެ. މުބާރާތަށް ގައުމީ ޓީމުން ޕްރެކްޓިސް ކޮށްފައިވަނީ ދޮޅު މަހެއްހާ ދުވަހު އެވެ.