Advertisement

ޕޮގްބާ ގެންނަން މާސޭ އިން ޝައުގުވެރިވޭ

13 އޮކްޓޯބަރު 2024 - 20:50 0


ޕޮގްބާ ގެންނަން މާސޭ އިން ޝައުގުވެރިވޭ

13 އޮކްޓޯބަރު 2024 - 20:50 0

ޕެރިސް (އޮކްޓޫބަރު 13) - މަނާބޭހުގެ މައްސަލައެއްގައި ސަސްޕެންޝަންގެ ފަހު މަސްތައް ގުނަމުން އަންނަ ފްރާންސްގެ މިޑްފީލްޑަރު، ޕޯލް ޕޮގްބާ ގެންނަން ފްރާންސްގެ މާސޭ އިން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މަނާބޭހަށް ޕޮޒިޓިވްވުމުގެ މައްސަލައެއްގައި ޕޮގްބާ، 31، މިވަގުތު ހުރީ ސަސްޕެންޝަނެއްގަ އެވެ. މީގެ ކުރިން އޭނާގެ ސަސްޕެންޝަން ހަތަރު އަހަރަށް އޮތް ނަމަވެސް، މި ފަހުން، އިންޓަނޭޝަނަލް ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް) އިން ވަނީ ޕޮގްބާގެ ސަސްޕެންޝަން 18 މަހަށް ކުޑަކޮށްފަ އެވެ. އެހެންވެ، ޕޮގްބާ އަށް އެނބުރި ކުޅުމުގެ ތެރެއަށް އަންނަ އަހަރުގެ މާޗް މަހު އާދެވޭނެ އެވެ.

ޕޮގްބާއާ އެކު ޔުވެންޓަސް އިން ހަދާފައިވާ އެއްބަސްވުން, ނިމުމަކަށް ގެންނަން އެ ކުލަބުން މަސައްކަތް ފަށާފައިވާއިރު، ޕޮގްބާ އަންނަ ޖެނުއަރީ މަހުން ފެށިގެން އެނބުރި ކުޅުމުގެ ތެރެއަށް އައުމަށް މަސައްކަތް ފަށާނެކަން އޭނާ ވަނީ އިއުލާން ކޮށްފަ އެވެ. އެހެންވެ، ޕޮގްބާ އެނބުރި ކުޅުމުގެ ތެރެއަށް އަންނައިރު, އެހެން ކުލަބަކަށް ދިޔުމުގެ ފުރުސަތު އޭނާ އަށް ލިބޭނެ އެވެ.

ސްޕެއިނާއި ފްރާންސްގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، މާސޭ އިން މިހާރު ވަނީ ޕޮގްބާއާ އެކު މަޝްވަރާތައް ފަށައިފަ އެވެ. އަދި އެއްބަސްވުމަކަށް އާދެވިއްޖެނަމަ، ޖެނުއަރީ ތެރޭ ޕޮގްބާއާ އެކު ސޮއިކުރަން ވެސް މާސޭ އިން ބޭނުންވެ އެވެ.

ޔުވެންޓަސްގެ ކޮންޓްރެކްޓް ހަމަވެގެން އެ ޓީމު ދޫކޮށްލި ފްރާންސްގެ މިޑްފީލްޑަރު، އޭޑްރިއަން ރަބިއޯ ވެސް ވަނީ މާސޭއާ ގުޅިފަ އެވެ. މީގެ އިތުރުން، ޔުވެންޓަސްގެ ކޮންޓްރެކްޓްގައި ހުރި ބްރެޒިލްގެ މިޑްފީލްޑަރު، އާތޫރު މެލޯ އަށް ވެސް މާސޭ އިން ޝައުގުވެރިވެ އެވެ.

މާސޭގެ ސްޕޯޓިން ޑިރެކްޓަރަކީ، ކުރިން ޕޮގްބާއާ އެކު ޔުވެންޓަސް އަށް ކުޅުނު މެހެދީ ބެނަޝިއާ އެވެ.

ޕޮގްބާއާ އެކު، ދެން ވާހަކަ ދައްކަމުން އަންނަނީ، އެމެރިކާގެ ކްލަބް ލޮސް އެންޖެލްސް އެފްސީ އެވެ.