13 އޮކްޓޯބަރު 2024 - 04:56 4
ހަސަން މުހައްމަދު
ރައީސް އޮފީސް: ސެންޓަވިއުއަކީ 2006 ވަނަ އަހަރު އުފެއްދި، މިވަގުތު މަސައްކަތް ފުޅާކުރަމުން އަންނަ ބޮޑު ފާމެއް -- ފޮޓޯ: އަދަދު ފައިލް
13 އޮކްޓޯބަރު 2024 - 04:56 4
ދިވެހިރާއްޖޭގެ މާލީ ހާލަތު އިންތިހާއަށް ދަށްވެފައި އޮއްވައި، މާލީ ކަންކަމާމެދު ލަފާ ހޯދަން އެމެރިކާގެ އިންވެސްޓްމަންޓް ބޭންކިން ފާމެއް ކަމަށްވާ ސެންޓަވިއު ދިވެހި ސަރުކާރުން އައްޔަންކޮށްފި އެވެ.
މާލީ ލަފާ ހޯދުމުގެ އެއްބަސްވުމެއްގައި ސެންޓަވިއުއާއެކު ރާއްޖެއިން ސޮއި ކުރިކަން ހާމަކޮށްފައި ވަނީ ބައިނަލްއަގްވާމީ އެޖެންސީ ރޮއިޓާސް އިން އެ ނޫހުގެ ދެ މަސްދަރާ ހަވާލާދީ އެވެ.
ސެންޓާވިއުއަކީ 2006 ވަނަ އުފެއްދި ފާމެކެވެ. ރޮއިޓާސް އިން ބުނެފައި ވަނީ އެ ފާމުގެ މަސައްކަތް މުޅި ދުނިޔެއަށް ފުޅާ ކުރުމުގެ ގޮތުން މިވަގުތު މުވައްޒަފުން ނެގުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްގެންދާ ކަމަށެވެ.
އެމެރިކާގެ ނިއު ޔޯކާއި ކެލިފޯނިއާގެ އިތުރުން، އިނގިރޭސިވިލާތުގެ ލަންޑަން އަދި ފްރާންސްގެ ޕެރިހުގައި ސެންޓަވިއުގެ އޮފީސްތައް ހިންގަ އެވެ. އެ ފާމުގެ ކްލަޔަންޓުންގެ ތެރޭގައި ޑިސްނީ، އީބޭ، ޕެރަމައުންޓާއި ޑޫޕޯންޓް އަދި ޓްރިމްބްލް ހިމެނެ އެވެ.
ރާއްޖޭގެ ޕަބްލިކް އަދި ޕަބްލިކްލީ ގެރެންޓީޑް ދަރަނި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ހުރީ 8.2 ބިލިއަން ޑޮލަރުގަ އެވެ. އެއީ ރާއްޖޭގެ ޖީޑީޕީގެ 118 ޕަސެންޓެވެ. ދަރަނީގެ ބޮޑު ބަޔަކީ އިންޑިއާ އާއި ޗައިނާއަށް ދައްކަންޖެހޭ ލޯނެވެ.
ރާއްޖޭގެ މާލީ ހާލަތު ދަށްވެ، ހަރަދުތައް ކުޑަ ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ޖޫން މަހުގެ ތެރޭގަ އެވެ.
"ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އެޅުމަށްވަނީ ނިންމާފައި. އެގޮތުން، ސަރުކާރުގެ ރިކަރަންޓް ހަރަދު ކުޑަކުރުމަށް އެކި ފިޔަވަޅުތައް އެޅުން ހިމެނޭ. މީގެ ތެރޭގައި، ސިޔާސީ މަގާމުތަކުގެ އަދަދު މަދުކުރުމާއި އެކި މުނާސަބަތުތަކުގައި ބާއްވާ ހަފުލާތަކަށް ކުރާ ހަރަދުތައް ކުޑަކުރުން ނުވަތަ ނުބޭއްވުން ހިމެނޭ،" ޖޫން 27، ގައި ރައީސް ވިދާޅުވެފައިވެ އެވެ.
ނަމަވެސް އޭގެ ފަހުން ވެސް، މާލީ ރިފޯމްތައް ތަންފީޒު ނުކުރެވި ހާލަތު ދިޔައީ އިތުރަށް ގޯސްވަމުންނެވެ. އޭގެ ފަހުން އޯގަސްޓު މަހުގެ ތެރޭގައި ރާއްޖޭގެ ބޭނުން ކުރެވޭ ބޭރު ފައިސާގެ ރިޒާވް އެއްކޮށް ހުސްވި އެވެ. އަދި އޭގެ ފަހުން ކްރެޑިޓް ރޭޓިން ދެ އެޖެންސީ ކަމަށްވާ ފިޗް އާއި މޫޑީސް އިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށް ކުރި އެވެ.
ސަރުކާރަށް ކިރިޔާ ވެސް ހިންދެމިލެވުނީ އިންޑިއާއަށް ސެޕްޓެމްބަރު މަހު ދައްކަން ޑިއުވި 50 މިލިއަން ޑޮލަރުގެ ލޯނެއް އެ ގައުމުގެ ސަރުކާރުން ރޯލްއޯވާ ކުރުމުންނެވެ. އޭގެ ފަހުން ރައީސް މުއިއްޒު މިދިޔަ ހަފުތާގައި އިންޑިއާއަށް ކުރެއްވި ދަތުރުގެ ތެރެއިން، 400 މިލިއަން ޑޮލަރު އަދި ތިން ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕް އެގްރިމެންޓެއްގައި ވަނީ ސޮއިކޮށްފަ އެވެ.
0.00%
0.00%
100.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ނިންނަ
5 months ago
މި މީހުންނަށް ކިހާ ފައިސާ އެއް ދޭންޖެހޭބަ؟ މި މީހުންގެ ވެބްސައިޓުން މިހާ ތަނަށް މި މީހުން މިކަމުގައި އެހީވެދީފައިވާ ގައުމެއްނެތް. މުޅިން ބޮޑެތި ސިންގާ ކުންފުނިތައް. ކީއްވެބާ މިހާ މޮޅު ބަޔަކު އެއްވެސް ގައުމަކުން މިކަމަށް އައްޔަން ނުކުރީ؟
ނަޖީބް އަލީ
5 months ago
މިހާރުވެސް އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް އަދި އެ ބެންކުގެ އައިސީޑީ އެޑްވައިޒަރުންގެ ގޮތުގައި މަސައްކަތްކުރޭ. ލީޑް އެރޭންޖަރުންގެ ގޮތުގައި މިހާރުވެސް އީއެންބީޑީ، އެޗްއެސްބީސީ ފަދަ ބޭންކްތައް އެބައުޅޭ. އަނެއްކާ އިތުރު ޚަރަދު ކޮށްފަ ކޮންސަލްޓަންސީ ފަރމެއް ނަގަނީ ކީއްވެ؟ މި މީހުންނާ މިނިސްޓްރީވެސް ހަވާލުކުރަންވީ އެންނު.
ވާނެވަރު
5 months ago
ހަތަރުލައްކަ ހަމަނުވާ މި މުސްހަދި ގައުމު ފާޑެއްގެ ޑިމްކޯރިސީ އެއް ގެނެސްގެން ކައިބޮއިހަދައި މުޅުގައުމު ބޮޑުތަނުން ދަރުވާލައިފި.
ބުހުތާނު
5 months ago
ސިކުނޑީގެ ކޮސްކަންދޯ؟ ޑިމޮކްރެސީތަ ވެރިކަމުގައި ހުރީ؟ ދަރުވާލީ މީހުންނެއްނޫންތަ؟ އެމީހުން ހޮވީ ދިވެހިންނެއް ނޫންތަ؟ ޑިމޮކްރެސީ އަކީ ދިވެހިންނަށް ކިޔާ ނަމެެއްތަ؟
Comment