Advertisement

މަސައްކަތެއް ކުރުވަންކަމަށް ބުނެ ގެއަށް ވައްދައި ފޭރުނު މައްސަލައިގައި ތިން މީހަކަށް ދައުވާކޮށްފި

9 އޮކްޓޯބަރު 2024 - 12:28 0

މޫސާ ނާޝިއު

މޫސާ ނާޝިއު

މި މައްސަލައިގައި ދައުވާ ކޮށްފައިވާ މީހުން.


މަސައްކަތެއް ކުރުވަންކަމަށް ބުނެ ގެއަށް ވައްދައި ފޭރުނު މައްސަލައިގައި ތިން މީހަކަށް ދައުވާކޮށްފި

9 އޮކްޓޯބަރު 2024 - 12:28 0

ބޮތްކެއް ޖަހައިދިނުމަށް އެދި މައްޗަންގޯޅި މަސްފަން ކިޔާ ގެއަށް މީހަކު ވައްދާ ފޭރުނު މައްސަލާގައި ތިން މީހަކަށް ދައުވާކުރުމަށް ޕްރޮސެކިޔުޓާ ޖެނެރަލް އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.

މި މައްސަލައިގައި ދައުވާ ކުރުމަށް ފޮނުވާފައިވަނީ ސ. ހިތަދޫ، ސޯމާ، ޝަފީގު އިބްރާހީމް އާއި މއ. މަސްފެން، މުހައްމަދު ރީހާންގެ އިތުރުން މއ. މަސްފެން، އާއިޝަތުގެ މައްޗަށެވެ.

މި މީހުންގެ މައްޗަށް ކުރަނީ އަނިޔާއެއް ދިނުމުގެ ދައުވާ އާއި އެނގިހުރެ ހުއްދަ ނޫން ގޮތެއްގައި މައުލޫމާތު ހޯދުމުގެ ދައުވާ އާ އަދި ފޭރުމުގެ ދައުވާ އެވެ.

މި ތިން މީހުން ވެސް ވަނީ ގޭގެ ބޮކި ބަދަލުކޮށްދޭން އެހީވުމަށް ދިވެހި ފިރިހެނަކު ވައްދައި، އެ މީހާއަށް ވަޅިން ބިރުދައްކައި، އޮރިޔާންކޮށް، އަނިޔާކޮށްފަ އެވެ. އޭގެއިތުރުން އޭނާގެ ފޯނު އަތުލައި އޭނާގެ ބޭންކު އެކައުންޓުން ފައިސާ ޓްރާންސްފާކުރުވައި އަދި އޭނާގެ ކޭޝްކާޑު ބޭނުންކޮށްގެން އޭޓީއެމުން ފައިސާތަކެއް ވެސް ނަގައިފަ އެވެ.

މި މައްސަލައިގައި ތަހުގީގު ނިންމައި ދައުވާކުރުމަށް އެދި ޕީޖީ އޮފީހަށް ފުލުހުންގެ ފަރާތުން ފޮނުވާފައިވަނީ މިދިޔަ މަހު 16 ގަ އެވެ.