Advertisement

ޗައިނާއަށް ގޮންޖަހައި، އިންޑިއާގައި ޓައިވާނުގެ އިތުރު ޑިޕްލޮމެޓިކް އޮފީހެއް ހުޅުވަނީ

9 އޮކްޓޯބަރު 2024 - 11:24 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އިންޑިއާގެ ބޮޑުވަޒީރު މޯދީ އަދި ޗައިނާގެ ރައީސް ޝީ: ޗައިނާއަށް ގޮންޖަހާ އިންޑިއާގައި ޓައިވާނުގެ އިތުރު ޑިޕްލޮމެޓިކް އޮފީހެއް ހުޅުވާނެކަން ވަނީ އިއުލާނުކޮށްފަ ---


ޗައިނާއަށް ގޮންޖަހައި، އިންޑިއާގައި ޓައިވާނުގެ އިތުރު ޑިޕްލޮމެޓިކް އޮފީހެއް ހުޅުވަނީ

9 އޮކްޓޯބަރު 2024 - 11:24 0

ޗައިނާއިން ވަކިވެ އަމިއްލަ ދައުލަތެއް ކަމަށް ދައުވާ ކުރާ ޓައިވާނުން އިންޑިއާގައި އިތުރު ޑިޕްލޮމެޓިކް އޮފީހެއް ހުޅުވާނެކަން އިއުލާނުކޮށްފި އެވެ.

ޓައިވާނުގެ ގައުމީ ދުވަސް ފާހަގަކުރުމަށް އިއްޔެ ދިއްލީގައި ބޭއްވި ހަފުލާއެއްގައި މިކަން އިއުލާނު ކުރެއްވީ އިންޑިއާގައި ހުންނަވާ ޓައިވާނުގެ ޑިފެކްޓޯ ސަފީރު ބައުޝަން ގެއާ އެވެ. އޭނާ ވިދާޅުވީ މުމްބާއީގައި ޓައިވާނުގެ އޮފީސް ހުޅުވާނީ އޮކްޓޯބަރު 16، ގައި ކަމަށެވެ.

"މި އޮފީސް ހުޅުވުމާއެކު ޓައިވާނުގެ އަދި އިންޑިއާގެ ވިޔަފާރިތަކަށް އިތުރު ހިދުމަތްތައް ދެވި ދެ ގައުމުގެ ވިޔަފާރީގެ އަދި އިގުތިސާދީ ގުޅުން އިތުރަށް ބަދަހިވެގެންދާނެ،" އިންޑިއާގެ ވިއޮން އާ ވާހަކަދައްކަވަމުން އޭނާ ވިދާޅުވި އެވެ.

މިހާރުވެސް އިންޑިއާގައި ޓައިވާނުން ދަނީ ޑިފެކްޓޯ އެމްބަސީއެއްގެ ގޮތުގައި ދިއްލީގައި "އިކޮނޮމިކް އެންޑް ކަލްޗަރަލް ސެންޓާ" ގެ ނަމުގައި އޮފީހެއް އަދި ޑިފެކްޓޯ ކޮންސުލޭޓެއްގެ ގޮތުގައި ޗެންނާއީގައިވެސް ޑިޕްލޮމެޓިކް އޮފީހެއް ހިންގަމުންނެވެ.

ޗައިނާއާ ހުރިހާ ރޮނގަކުންވެސް ވާދަވެރިކަން ބޮޑު އިންޑިއާއިން ޓައިވާނުގެ ކުންފުނިތަކާއެކު ވިޔަފާރި ކުރި ނަމަވެސް އެއީ ވަކި ގައުމެއްގެ ގޮތުގައި ރަސްމީކޮށް ބަލައެއް ނުގަނެ އެވެ. އެހެންކަމުން، އިއްޔެ ބޭއްވި ޓައިވާނުގެ ގައުމީ ދުވަހުގެ ހަފުލާއަށް އިންޑިއާގެ އެއްވެސް އޮފިޝަލަކު އަދި އެހެން ގައުމެއްގެ ޑިޕްލޮމަޓަކުވެސް ގޮސްފައެއް ނުވެ އެވެ.

ޗައިނާއިން ދެކޭ ގޮތުގައި ޓައިވާނަކީ އެ ގައުމުގެ ޕްރޮވިންސެކެވެ. އެކަމަކު ޓައިވާނުން ބުނަނީ އެއީ މިނިވަން ދައުލަތެއް ކަމަށެވެ.

މި މައްސަލާގައި ރާއްޖެއިން އަބަދުވެސް ތާއީދުކުރަނީ "ވަން ޗައިނާ" ޕޮލިސީ އަށެވެ. އަދި ޓައިވާނަކީ ވަކި މިނިވަން ގައުމެއްގެ ގޮތުގައިވެސް ބަލައެއް ނުގަނެ އެވެ.