Advertisement

ލެވަންޑޯސްކީގެ ހެޓްރިކުން މޮޅުވެ ބާސެލޯނާ އިން ލީޑު ދަމަހައްޓައިފި

7 އޮކްޓޯބަރު 2024 - 07:42 0


ލެވަންޑޯސްކީގެ ހެޓްރިކުން މޮޅުވެ ބާސެލޯނާ އިން ލީޑު ދަމަހައްޓައިފި

7 އޮކްޓޯބަރު 2024 - 07:42 0

ބާސެލޯނާ (އޮކްޓޫބަރު 7) - ފުރަތަމަ ހާފުގައި ރޮބަަޓް ލެވަންޑޯސްކީ ހެދި ހެޓްރިކާ އެކު، 3-0 އިން ޑިޕޯޓިވޯ އަލަވޭސް ބަލިކޮށް، ބާސެލޯނާ އިން ސްޕެނިޝް ލީގުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑު ދަމަހައްޓައިފި އެވެ.

ރެއާލުން ހޮނިހިރު ދުވަހުގެރޭ ވިޔަރެއާލް ބަލިކޮށް، ބާސެލޯނާއާ ޕޮއިންޓުގެ ގޮތުން އެއްވަރުކުރި އެވެ. އެކަމަކު، ރޭ އަލަވޭސް އަތުން މޮޅުވެ، ބާސެލޯނާ އިން ވަނީ ނުވަ މެޗުން 24 ޕޮއިންޓް ހޯދައިފަ އެވެ. ރެއާލް އިން ވަނީ ނުވަ މެޗުން 21 ޕޮއިންޓް ހަަމަކޮށްފަ އެވެ.

ރަށުންބޭރުގައި ކުޅުނު ބާސެލޯނާ އިން ރޭގެ މެޗުގައި ފުރަތަމަ ހާފުގައި މެޗުގެ ކޮންޓްރޯލް ނެގި އެވެ. ލެވަންޑޯސްކީ ވަނީ 32 މިނިޓް ތެރޭ ހެޓްރިކް ހަދައިފަ އެވެ. މިއީ، ސްޕެނިޝް ލީގުގެ ތާރީހުގައި ބާސެލޯނާ ކުޅުންތެރިއަކު ހަތަރު ވަނަ އަށް ހެދި އެންމެ އަވަސް ހެޓްރިކް އެވެ.

ޖަރުމަނުގެ ކޯޗު ހަންސީ ފްލިކް ހަވާލުވި ފަހުން، ލެވަންޑޯސްކީ އަންނަނީ ތަފާތު ކުޅުމެއް ދައްކަމުންނެވެ. އެ ގޮތުން، ލެވަންޑޯސްކީ ވަނީ ސީޒަނުގައި ކުޅުނު 11 މެޗުން 12 ގޯލު ޖަހައިފަ އެވެ.

މެޗަށް ފަހު ލެވަންޑޯސްކީ ބުނީ، އޭނާގެ އަސްލު ކުޅުން ދަށްކަން މިހާރު ފަސޭހަވަމުން އަންނަ ކަމަށާއި ކުޅުންތެރިންނާ އެކު، ކޮމްބިނޭޝަން ގޭމެއް ކުޅެން ބަލާއިރު، މިހާރު ވަރަށް ފަސޭހަ ކަމަށެވެ.

ސްޕެނިޝް ލީގުގައި ރޭ ރެއާލް ސޮސިއެޑާޑް އާއި އެތުލެޓިކޯ މެޑްރިޑް ވަނީ 1-1 އިން އެއްވަރުވެފަ އެވެ. ފުރަތަމަ މިނިޓްގައި ޖޫލިއަން އަލްވަރޭޒް އެތުލެޓިކޯ އަށް ލީޑުނަގައިދިން މި މެޗުގައި ސޮސިއެޑާޑަށް އެއްވަރުކޮށްދިނީ، މެޗުގެ ފަހުކޮޅުގައި ލޫކާ ސުޗިޗް އެވެ. ނުވަ މެޗުން 17 ޕޮއިންޓާ އެކު، އެތުލެޓިކޯ އޮތީ ތިން ވަނައިގަ އެވެ.