Advertisement

ކުޅިވަރު ކުރިއަރުވަން ރާއްޖޭން ސައުދީ އަރަބިއްޔާއާ އެކު އެއްބަސްވުމަކަށް

4 އޮކްޓޯބަރު 2024 - 09:49 0

ރާއްޖޭގެ މިނިސްޓަ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން، އަބްދުﷲ ރާފިއު (ވ) އާއި ސައުދީ އަރަބިއްޔާގެ، ސްޕޯޓްސް މިނިސްޓަރު، ޕްރިންސް އަބްދުލް އަޒީޒް ބިން ތުރުކީ އަލް ފައިސަލް.---


ކުޅިވަރު ކުރިއަރުވަން ރާއްޖޭން ސައުދީ އަރަބިއްޔާއާ އެކު އެއްބަސްވުމަކަށް

4 އޮކްޓޯބަރު 2024 - 09:49 0

ރާއްޖޭގެ ކުޅިވަރަށް ހުރި ފުރުސަތުތައް އިތުރުކުރުމަށާއި ކުޅިވަރު އިތުރަށް ތަރައްގީ ކުރުމުގެ އަމާޒުގައި، ސައުދީ އަރަބިއްޔާއާ އެކު، ރާއްޖޭން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ރިޔާދުގައި މި ކަމަށް ހާއްސަކުރެވިގެން ބޭއްވި ބައްދަލުވުމެއްގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން، އަބްދުﷲ ރާފިއު (ރާއްޕެ) އެވެ.

ސައުދީ އަރަބިއްޔާގެ ސަރުކާރުގެ ފަރާތުން ސޮއިިކުރެއްވީ، ސްޕޯޓްސް މިނިސްޓަރު، ޕްރިންސް އަބްދުލް އަޒީޒް ބިން ތުރުކީ އަލް ފައިސަލް އެވެ.

މީގެ ކުރިން ވެސް ސައުދީ އަރަބިއްޔާ އިން ވަނީ ރާއްޖޭގެ ކުޅިވަރަށް ފުރުސަތުތަކެއް ތަނަވަސްކޮށްދީފަ އެވެ.

މި ފަަހަރު، މިނިސްޓަރު ރާފިއުގެ މި އިސްނެންގެވުމާ އެކު، ގާއިމްކުރެވުނު އެއްބަސްވުމާއި މަޝްވަރާކުރެވުނު ކަންތައްތަކުގެ އަލީގައި ރާއްޖޭގެ ކުޅިވަރަށް އެކި ރޮނގުރޮނގުން މުހިންމު ކަންތައްތައްތަކެއް ހާސިލްކުރެވޭނެ އެވެ.


އެ ގޮތުން، ކުޅިވަރުގެ އެކި ވުޒާރާތަކުގެ މެދުގައި މަޝްވަރާކޮށް، ޕްރޮފެޝަނަލް ކޯޗުން ތަމްރީން ކުރުމުގެ މަސައްކަތް ކުރުމާއި ސައުދީގެ ކުޅިވަރު ކްލަބްތަކާއި ރާއްޖޭގެ ކުޅިވަރު ކްލަބްތަކުގެ މެދުގައި މުއާމަލާތްކުރުން އިތުރުކޮށް، އެ ގައުމުގެ ކްލަބްތައް އަނެއް ގައުމަށް ދަތުުރުކުރުމުގެ ކަންކަން ކުރުން ހިމެނެ އެވެ.

މީގެ އިތުރުން، ކުޅިވަރުގެ ކޯޕަރޭޓް ގުޅުން ހަރުދަނާކުރުމުގެ ކަންކަން ކުރުމުގެ ތެރެއިން، ސްޕޯޓްސް މެޑިސިން އާއި އެންޓި ޑޯޕިން، ކުޅިވަރު މުބާރާތް އޮގަނައިޒްކުރުމާއި ކުޅިވަރު އިވެންޓް ބޭއްވުމާއި އިންވެސްޓްމަންޓްތައް ގެނައުން ހިމެނެ އެވެ. އަދި، ދެ ގައުމުގެ ކުޅިވަރާ ބެހޭ، މައުލޫމާތު ހިމެނޭ އާލާތްތައް ދެ ފަރާތް މެދުގައި ބަދަލުކުރުމާއި އޯޑިއޯ/ވީޑިއޯ ވިޝުއަލްސް އާއި ލައިބްރަރީ ރިސޯސަސް ހަރުދަނާކުރުމާއި ދެ ފަރާތުގެ ކުޅިވަރު ތަޖުރިބާތަކުގެ މައުލޫމާތު ބަދަލުކުރުން ހިމެނެ އެވެ.

ސްޕޯޓްސް މިނިސްޓަރު ރާފިއު އަންނަނީ އެކި ގައުމުތަކުން ރާއްޖޭގެ ކުޅިވަރަށް ފުރުސަތު ހޯދައިދޭން މަސައްކަތް ކުރައްވަމުންނެވެ. އެ ގޮތުން، ޗައިނާ މެދުވެރިކޮށް ރާއްޖޭގެ ކުޅިވަރަށް އިތުރު ފުރުސަތުތަކެއް ހޯދައިދެއްވާފައިވާއިރު، އެހެން ގައުމުތަކާ އެކު ވެސް ވަނީ ގިނަ މަޝްވަރާތަކެއް ކުރިއަށްގެންދަވައިފަ އެވެ. އަދި ގިނަ ގައުމުތަކަކުން ރާއްޖޭގެ ކުޅިވަރަށް އިތުރު ފުރުސަތުތައް ފަހިކޮށްދޭން މިނިސްޓަރު ރާފިއު އަންނަނީ މަސައްކަތް ކުރައްވަމުންނެވެ.

އެ ގޮތުން، މިނިސްޓަރު ރާފިއު ވަނީ މެލޭޝިއާ، ކިއުބާ، އުޒްބެކިސްތާން އަދި ފްރާންސުން ވެސް ރާއްޖޭގެ ކުޅިވަރަށް ހުރި ފުރުސަތުތައް ހޯދަން މަޝްވަރާތަކެއް ކުރިއަށްގެންދަވައިފަ އެވެ. މީގެ ތެރެއިން، މެލޭޝިއާއާ އެކު ވެސް އެއްބަސްވުމެއް ގާއިމްކުރަން ވަނީ މަޝްވަރާ ކުރައްވައިފަ އެވެ.