Advertisement

ޗައިނާގެ ގައުމީ ދުވަހުގެ ޖަލްސާއަށް ވެސް މޫސުމީ ބަދަލުން ރާއްޖެއަށް އޮތް ނުރައްކަލުގެ ވާހަކަ

30 ސެޕްޓެންބަރު 2024 - 22:30 0

ޗައިނާގެ 75 ވަނަ ގައުމީ ދުވަސް ފާހަގަކުރަން ބޭއްވި ޖަލްސާގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ޗައިނާ ސަފީރު އަރިހުގައި ފޮޓޯއަކަށް ހުއްޓި ވަޑައިގަންނަވަނީ


ޗައިނާގެ ގައުމީ ދުވަހުގެ ޖަލްސާއަށް ވެސް މޫސުމީ ބަދަލުން ރާއްޖެއަށް އޮތް ނުރައްކަލުގެ ވާހަކަ

30 ސެޕްޓެންބަރު 2024 - 22:30 0

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ލިބިދާނެ ބޮޑު ގެއްލުމާ ބެހޭ ގޮތުން ރައީސް ޑރ.މުހައްމަދު މުއިއްޒު މިފަހުން ދައްކަވަން ފެށްޓެވި ވާހަކަ ޗައިނާގެ ގައުމީ ދުވަހުގެ ޖަލްސާގައި ވެސް ތަކުރާރުކުރައްވައިފި އެވެ.

ޗައިނާގެ 75 ވަނަ ގައުމީ ދުވަސް ފާހަގަކުރަން ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ޗައިނާގެ ކުރިއެރުމާއި ތަރައްގީ އަށް ތައުރީފު ކުރެއްވުމަށް ފަހު މޫސުމީ ބަދަލުގެ މައުލޫއަށް ވަޑައިގެންނެވުމަށް ރައީސް ފުރަތަމަ ދެއްކެވީ ދެމެހެއްޓެނިވި ތަރައްގީއަށް ރާއްޖެއާއި ޗައިނާ އިން ވެސް ދޭ އިސްކަމުގެ ވާހަކަ އެވެ. އެމަނިކުފާނު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުން ކުޑަކުރަން މުޅި ދުނިޔެ ބައިވެރިވެގެން މަސައްކަތް ކުރުމުގެ ހަރަކާތް (ގްލޯބަލް ކްލައިމެޓް އެކްޝަން) އަށް ޗައިނާއިން ކުރާ ތާއީދަކީ ރާއްޖެއަށް ވަރަށް ފުންކޮށް އަސަރުކުރުވާ ސިޔާސަތެކެވެ.

"މި ޒަމާނުގެ އެންމެ ބޮޑެތި ގޮންޖެހުން ކަމަށްވާ މޫސުމަށް އަންނަ ބަދަލު، ދެމެހެއްޓެނިވި ތަރައްގީ ޗައިނާއާ އެކު ގާތުން މަސައްކަތް ކުރަން އަޅުގަނޑުމެން އުއްމީދުކުރަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ރާއްޖެއާއި ޗައިނާއާ ދެގައުމަކީ ވެސް އެ ދާއިރާއިން އެއް ވިސްނުމެއްގައި މަސައްކަތްކުރާ ދެގައުމެވެ.

ރާއްޖޭގެ ހާލަތުގެ ނާޒުކުކަން ބަޔާން ކުރެއްވުމުގެ ގޮތުން އެމަނިކުފާނު ވިދާޅުވީ ގައުމުތަކަށް ކުރިމަތިވެތައިވާ، ދެމި ނޯތުމުގެ ބިރު އޮތް، ރާއްޖެ ފަދަ ގައުމުތަކީ މޫސުމަށް އަންނަ ބަދަލުގެ މައްސަލާގައި ފިޔަވަޅު އަވަސްކުރަން ޖެހޭ ކަމުގެ ހެކިތައް ކަމަށެވެ.