Advertisement

އެމްއޭސީއެލްގެ ކޮންމެ މުވައްޒަފަކަށް ބޯނަހުގެ ގޮތުގައި 25،000ރ. ދެނީ

އެމްއޭސީއެލް މުވައްޒަފުންތަކެއް: އެ ކުންފުނީގެ މުވައްޒަފުންނަށް މި އަހަރުވެސް ބޯނަހުގެ ގޮތުގައި 25،000ރ. ލިބޭނެ --- ފޮޓޯ: އަދަދު


އެމްއޭސީއެލްގެ ކޮންމެ މުވައްޒަފަކަށް ބޯނަހުގެ ގޮތުގައި 25،000ރ. ދެނީ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްއޭސީއެލް)ގެ މުވައްޒަފުންގެ އަހަރީ ބޯނަހުގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް 25،000ރ. ދޭން އެ ކުންފުނިން ނިންމައިފި އެވެ.

ބޯނަހުގެ ގޮތުގައި ދޭ ފައިސާ ކުންފުނީގެ މުވައްޒަފުންނަށް މިއަދު ޖަމާވާނެކަން އެމްއޭސީއެލްގެ ކޯޕަރޭޓް ކޮމިއުނިކޭޝަން މެނޭޖަރު ޝަމްއާން ޝާކިރު ވަނީ "އަދަދު" އަށް ކަށަވަރު ކޮށްދެއްވާފަ އެވެ.

މިއީ އެމްއޭސީއެލްގެ ކޮންމެ މުވައްޒަފަކަށް ބޯނަހުގެ ގޮތުގައި 25،000ރ. ޖެހިޖެހިގެން ދިން ތިންވަނަ އަހަރެވެ.

އާންމުކޮށް އޯގަސްޓު މަހު ދެމުންދިޔަ މި ބޯނަސް ދިނުން ލަސްވެގެން އެމްއޭސީއެލްގެ މުވައްޒަފުން ވަނީ އެކަމުގެ ޝަކުވާ ވެސް މީގެ ކުރިން ކޮށްފަ އެވެ.

ބޮޑު އަހަރީ ބޯނަހެއްގެ އިތުރުން ސަރުކާރު ކުންފުނިތަކުގެ ތެރެއިން ޑޮލަރުން މުސާރަ ދެމުންދިޔަ ހަމައެކަނި ކުންފުންޏަކީވެސް އެމްއޭސީއެލް އެވެ.

އެމްއޭސީއެލް މިދިޔަ އަހަރު ފައިދާގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ލިބުނެވެ. ޕީސީބީގެ ތަފާސްހިސާބުތައް ދައްކާގޮތުން އެމްއޭސީއެލްގައި ޖުމްލަ 4،264 މުވައްޒަފުން އެބަ ތިއްބެވެ.