Advertisement

އޮސަސޫނާ އިން ލީގުގައި ބާސެލޯނާ ހަމަބިމަށް ތިރިކޮށްފި

29 ސެޕްޓެންބަރު 2024 - 09:13 0


އޮސަސޫނާ އިން ލީގުގައި ބާސެލޯނާ ހަމަބިމަށް ތިރިކޮށްފި

29 ސެޕްޓެންބަރު 2024 - 09:13 0

މަޔޯކާ، ސްޕެއިން (ސެޕްޓެމްބަރު 29) - ސްޕެނިޝް ލީގުގައި މި ފަހަރު ސައްތަ އިން ސައްތަ ރެކޯޑަކާ އެކު، ރޭގެ މެޗަށް ކުރިމަތިލި ބާސެލޯނާ އަތުން އޮސަސޫނާ 4-2 އިން މޮޅުވެއްޖެ އެވެ.

ޗެމްޕިއަންސް ލީގުގައި މޮނާކޯ އަތުން ބަލިިވި ކަމުގައި ވިޔަސް ސްޕެނިޝް ލީގުގައި ރޭގެ މެޗާ ހަމައަށް ބާސެލޯނާ އައީ ހުރިހާ މެޗަކުން މޮޅުވަމުންނެވެ. އެކަމަކު، ރޭގެ މެޗުން އޮސަސޫނާގެ އަތްދަށުވުމާ އެކު ބާސެލޯނާ އިން ލީގުގައި ހިފެހެއްޓި މޮޅުވުމުގެ ރެކޯޑަށް ހަތް މެޗަށް ފަހު ނިމުން އައީ އެވެ.

ކްރޮޮއޭޝިއާގެ ފޯވާޑް، އަންޓޭ ބުޑިިމީރް، 18 ވަނަ މިނިޓްގައި ޖެހި ގޯލުން އޮސަސޫނާ އިން ލީޑުނެގި މި މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ބްރަޔާން ޒަރަގޯޒާ ވަނީ އޮސަސޫނާ އަށް ލީޑުފުޅާކޮށްދީފަ އެވެ. ދެ ވަނަ ހާފު ފަށައިގެން ޕައު ވިކްޓޯ، ވަނީ އަށް މިނިޓް ތެރޭ ލަނޑެއް ޖަހައި، ބާސެލޯނާ އަށް ފަރަގު ކުޑަކޮށްދީފަ އެވެ.

އެކަމަކު، މެޗުގެ 72 ވަނަ މިނިޓްގައި ބުޑިމީރް ވަނީ ޕެނަލްޓީ އަކުން އަނެއްކާ ވެސް އޮސަސޫނާ އަށް ދެ ގޯލުގެ ލީޑެއް ނަގައިދީފަ އެވެ. އަދި މެޗުގެ 85 ވަނަ މިނިޓްގައި އަބެލް ބެރެޓޯނޭސް ވަނީ ލަނޑެއް ޖަހައި، އޮސަސޫނާ އަށް މެޗުގެ ތިން ޕޮއިންޓް ޔަގީންކޮށްދީފަ އެވެ.

ބާސެލޯނާ އިން ދެ ވަނަ ހާފުގައި ބަދަލަަކަށް ނެރުނު، ލަމީން ޔަމާލް ވަނީ މެޗުގެ ފަހު ކޮޅުގައި އެ ޓީމުގެ ދެ ވަނަ ލަނޑު ޖަހައިފަ އެވެ.

ބާސެލޯނާ މި ވަގުތު ހަތަރު ޕޮއިންޓުގެ ލީޑަކާ އެކު ކުރީގައި އޮތް ނަމަވެސް، މިރޭ އެތުލެޓިކޯ އަތުން މޮޅުވެގެން، ރެއާލަށް ބާސެލޯނާއާ އެއް ޕޮއިންޓަށް ގާތަށް ޖެހިލެވޭނެ އެވެ.

ލީގުގައި ރޭ ބާސެލޯނާ އިން މޮޅުވިނަމަ، ސީޒަނެއް ފަށައިގެން ލީގުގައި އަށް މެޗުން މޮޅުވެގެން، ރެއާލުން ހަދާފައި އޮތް ރެކޯޑާ ހަމަކުރެވޭނެ އެވެ. އެކަމަކު، މެޗުން ބަލިވުމުން، އެ ރެކޯޑާ ހަމަކުރުމުގެ ފުރުސަތު ގެއްލުނީ އެވެ. ބާސެލޯނާގެ ކޯޗު، ހަންސީ ފްލިކް ބުނީ ބަލިވުމުގެ ޒިންމާ އޭނާ ފުރިހަމަ އަށް ނަގާ ކަމަށެވެ.