Advertisement

މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓު ނެރެފި

26 ސެޕްޓެންބަރު 2024 - 10:11 0

އަހުމަދު އާއިދު

އަހުމަދު އާއިދު

މޫސުން ގޯސް ދުވަހެއްގައި މާލެ ސަރަހައްދުގައި ލޯންޗެއް ދަތުރުކުރަނީ --- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓު ނެރެފި

26 ސެޕްޓެންބަރު 2024 - 10:11 0

ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވެ މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ގިނަ އަތޮޅުތަކަކަށް ހުދު ސަމާލު ނެރެފި އެވެ.

މިއަދު މެންދުރާ ހަމައަށް މިހާރު ދިގުދަންމާލާފައިވާ މި އެލާޓު ނެރެފައިވަނީ ރާއްޖޭގެ އެންމެ އުތުރުން ފެށިގެން ތ. އަތޮޅާ ހަމައަށެވެ.

މެޓުން ބުނީ މި ސަރަހައްދުތަކަށް މިއަދު ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ބެލެވޭ ކަމަށް ވެސް މެޓުން ބުންޏެވެ. އަދި އެ ވަގުތުތަކުގައި ކަނޑުތައް ގަދަވާނެ ކަމަށް ވެސް ބެލެވެ އެވެ.

އެ އިދާރާއިން ކޮންމެ ދުވަހަކަށް މުޅި ރާއްޖޭގެ މޫސުން ލަފާކޮށް ނެރޭ އަޕްޑޭޓުގައި ވެސް މިއަދު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި މޫސުން ގޯސްވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ.

ރާއްޖޭގެ މޫސުން ގޯސް މިވީ މުޅި ރާއްޖެއަށް ހެން މޫސުން ރަނގަޅު ދެތިން ހަފުތާއެއް ވޭތުވުމަށްފަހު އެވެ. މޫސުމީ ބަދަލުތަކާއެކު މިހާރު ރާއްޖެއަށް ހުޅަނގު މޫސުމުގައި ކުރާ ވިއްސާރަ ދަނީ އަހަރަކަށްވުރެ އަހަރެއް ގޯސްވަމުންނެވެ.