Advertisement

ހުލާސާކޮށް އިއްޔެ: ރައީސް ދެއްކެވި ހަގީގަތާ ހިލާފު ވާހަކަތައް

26 ސެޕްޓެންބަރު 2024 - 06:21 0

ރައީސް ޑރ. މުހައްމަދު މުއިއްޒު އދ. ގެ އާންމު ޖަލްސާގެ ބަހުސްގައި ވާހަކަދައްކަވަނީ ---- ފޮޓޯ: ރައީސް އޮފީސް


ހުލާސާކޮށް އިއްޔެ: ރައީސް ދެއްކެވި ހަގީގަތާ ހިލާފު ވާހަކަތައް

26 ސެޕްޓެންބަރު 2024 - 06:21 0

އެމެރިކާގެ ނިއުޔޯކުގައި ކުރިއަށްދާ އދ. ގެ 79 ވަނަ އާންމު މަޖިލީހުގެ ޖަލްސާގެ ބަހުސްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވި 18 މިނެޓުގެ ތަގުރީރަށް ތައުރީފު އޮހެމުން ދިޔައިރު، ފާޑުކިޔުން ވެސް އަމާޒުވި އެވެ.

އެ ތަގުރީރަށް ފުންކޮށް ފީނާލާއިރު ފެނުނު ހަގީގަތާ ހިލާފު ބައެއް ވާހަކަތައް ހުއްޓެވެ. އެއީ،

  • ސިއްހީ ހިދުމަތް ދިނުމަށާއި ތައުލީމު ފޯރުކޮށްދިނުމާއި އިޖުތިމާއީ ކަންކަމުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރުން - ރައީސް މިހެން ވިދާޅުވި ނަމަވެސް މި ދާއިރާތަކުގެ ކަންކަން ދުވަހުން ދުވަހަށް ބައްޓަން ކުރުމުގައި އޭއައި ބޭނުން ނުކުރާ ކަމަށް ކަމާ ބެހޭ ވުޒާރާތަކުގައި މަސައްކަތް ކުރާ އޮފިޝަލުން މައުލޫމާތު ދީފައިވެ އެވެ.
  • ޑްރޯން ބޭނުންކޮށްގެން ބޭސް ޑެލިވާ ކުރުން - ރައީސް މިހެން ވިދާޅުވި ނަމަވެސް ޑްރޯން ބޭނުންކޮށްގެން ބޭސް ފޯރުކޮށްދިނުމަށް މިދިޔަ ސަރުކާރުން "މޯލްޑިވްސް ހެލްތު ލައިން" އިފްތިތާހު ކުރި ނަމަވެސް މިއަދާ ހަމައަށްވެސް އެ ހިދުމަތް ފަށާފައި ނުވެ އެވެ. މި ސަރުކާރުން އެންމެ ފަހުން މި އަހަރު ފެބްރުއަރީ މަހު ބުނީ ހަ މަސް ދުވަހުގެ ތެރޭ އެ ހިދުމަތް ފަށާނެ ކަމަށެވެ. އެ މުއްދަތުވެސް މިހާރު ވަނީ ހަމަވެފަ އެވެ.
  • ސްމާޓް ރޯޑު ސިސްޓަމް އިމްޕްލިމެންޓު ކުރުން - ރައީސް މިހެން ވިދާޅުވި ނަމަވެސް ރާއްޖޭގައި މިހާތަނަށް މިފަދަ ސްމާޓް ރޯޑު ސިސްޓަމެއް ގާއިމުކޮށްފައި ނުވެ އެވެ.
  • ޑިވެލޮޕްމަންޓު ބޭންކު ސެޓް އަޕް ކުރުން - ރާއްޖޭގައި ފުރަތަމަ ފަހަރަށް ޑިވެލޮޕްމަންޓު ބޭންކެއް މި ވެރިކަމުގައި އުފެއްދި ނަމަވެސް އެ ބޭންކު އެކުލަވާލުމުގެ މަސައްކަތެއް ނުނިމެ އެވެ. އެ ބޭންކުން ހިދުމަތް ދޭން މި އަހަރުގެ ޖުލައި މަހު ފަށާނެ ކަމަށް ބުނި ނަމަވެސް އަދިވެސް އެކަން ކުރެވިފައެއް ނުވެ އެވެ.

މުހިއްމު ބައެއް ހަބަރު