Advertisement

ކުދި ވިޔަފާރިތަކަށް ބީއެމްއެލުން ދޫކުރާ ގްރާންޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

24 ސެޕްޓެންބަރު 2024 - 18:33 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މާލޭގައި ހުންނަ ބީއެމްއެލް އިމާރާތް -- ފޮޓޯ: އަދަދު


ކުދި ވިޔަފާރިތަކަށް ބީއެމްއެލުން ދޫކުރާ ގްރާންޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

24 ސެޕްޓެންބަރު 2024 - 18:33 0

ހިނގަމުންދާ ނުވަތަ އަލަށް ފަށާ ކުދި ވިޔަފާރިތަކަށް އަމާޒު ކޮށްގެން ބޭންކް އޮފް މޯލްޑިވްސް އިން ކޮންމެ އަހަރަކު ވެސް ދޫކުރަމުން އަންނަ "ބީއެމްއެލް ސްޓާޓް އަޕް ގްރާންޓް 2024" އަށް އެދި ހުށަހަޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

ބީއެމްއެލުން ބުނީ އެ ގްރާންޓު ހޯދުމަށް ހުށަހަޅާ ހުށަހެޅުންތަކުގެ ތެރެއިން ހިލޭ އެހީ ދޭނީ އެ ބޭންކުން ހޮވާ ދެ ވިޔަފާރިއަކަށް ކަމަށެވެ. އެގޮތަށް ހޮވޭ ކޮންމެ ވިޔަފާރިއަކަށް ވެސް 500،000ރ. ހިލޭ އެހީގެ ގޮތުގައި ދޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.

އަމިއްލަ ފަރުދުންނާއި އަލަށް ރެޖިސްޓަރީކޮށް ހިންގަމުންދާ ކޮންމެ ވިޔަފާރިއަކަށް ވެސް އެ ގްރާންޓަށް އެދި ހުށަހެޅޭނެ ކަމަށް ބީއެމްއެލުން ބުންޏެވެ.

ގްރާންޓުގެ ގޮތުގައި ދޭ އެ ފައިސާ އަކީ އަނބުރާ ދައްކަންޖެހޭ ފައިސާއެއް ނޫނެވެ. އެ ފައިސާ ލިބޭ ދެ ވިޔަފާރި ކުރިއަށް ގެންދަން ހުށަހަޅާ ޕްލޭނާ އެއްގޮތަށް ކުރިއަށް ދާން ބޭނުންވާ އިރުޝާދު ބީއެމްއެލުން ފޯރުކޮށްދޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.

ބީއެމްއެލްގެ ސްޓާޓް އަޕް ގްރާންޓާ ގުޅޭ ގޮތުން އެ ބޭންކުން އެކްޓިން ސީއީއޯ، އާއިޝަތު ނޫރައްދީން ވިދާޅުވީ ވިޔަފާރިތައް ބާރުވެރި ކުރުމަކީ އިގުތިސާދެއް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީ ކުރުމަށް ނުހަނު ބޭނުންތެރި ކަމެއް ކަމަށެވެ.

"އަޅުގަނޑުމެންގެ މި ގްތާންޓް ޕްރޮގުރާމޔން ދައްކައިދެނީ ވިޔަފާރީގެ ރޫހު އާލާ ކުރުމަށާއި ރާއްޖޭގެ ހުނަރުވެރި ވިޔަފާރިވެރިން އުފެއްދުމަށް ބޭންކުން ކުރަމުންދާ މަސައްކަތް، ވިޔަފާރިތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ އެ ފަރާތްތަކުގެ އުއްމީދުތަކަކީ އިގުތިސާދަށް ފައިދާ ކުރާ އަދި އެހެންމެ ކާމިޔާބު ވިޔަފާރިތަކަކަށް ހެދުމަށްޓަކައި ބީއެމްއެލް ސްޓާޓްއަޕް ގްރާންޓު ތިންވަނަ އަހަރެއްގައި ވެސް ހިންގޭ ކަމީ އަޅުގަނޑުމެންނަށް ލިބޭ ފަހުރެއް،" އާއިޝަތު ވިދާޅުވި އެވެ.

ބީއެމްއެލްގެ ސްޓާޓް އަޕް ގްރާންޓަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ އޮކްޓޫބަރު 17 ވަނަ ދުވަހުގެ ރޭ 11:59 އެކެވެ. އެ ގްރާންޓަށް އެދި އީމެއިލް, [email protected] މެދުވެރިކޮށް ހުށަހެޅޭނެ އެވެ.

ބީއެމްއެލްގެ ސްޓާޓް އަޕް ގްރާންޓަށް އެދި ހުށަހަޅާ ފަރާތްތަކުގެ ހުންނަންޖެހޭ ޝަރުތުތަކާއި ގްރާންޓާ ބެހޭ އިތުރު މައުލޫމާތު ބީއެމްލްގެ ވެބްސައިޓުން ފެންނާނެ އެވެ.