Advertisement

ޓެކްސީއެއްގައި ބަނގުރާ އުފުލިކަމުގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފި

24 ސެޕްޓެންބަރު 2024 - 13:57 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާތަކެއް ނައްތާލަނީ -- ފޮޓޯ: ފުލުހުން


ޓެކްސީއެއްގައި ބަނގުރާ އުފުލިކަމުގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފި

24 ސެޕްޓެންބަރު 2024 - 13:57 0

ޓެކްސީއެއްގައި ބަނގުރާ އުފުލި ކަމުގެ ތުހުމަތުގައި ބަންގުލަދޭޝްގެ ރައްޔިތެއް ހައްޔަރުކޮށް، ބަންދުގެ މުއްދަތު ޖަހައިފި އެވެ.

އެ މައްސަލައިގައި ފުލުހުން ހައްޔަރު ކުރީ ރަސުލް އުފާ ރިދޯއި، 30 އެވެ. އޭނާގެ މައްޗަަށް ކުރެވެނީ ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ ވިޔަފާރި ކުރުމުގެ ކުށުގެ ތުހުމަތެވެ.

ރިދޯއިގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އިއްޔެ އެ ކޯޓުން ވަނީ އޭނާ 15 ދުވަސް ވަންދެން ބަންދުކޮށްފައި ބަހައްޓަން އަމުރު ކޮށްފަ އެވެ.

އޭނާ އާ ދެކޮޅަށް ފުލުހުން ވަނީ ސީސީޓީވީ ސްނެޕްޝޮޓުތަކާއި އެ ސީންއަށް ދިޔަ ފުލުހެއްގެ ބަޔާން ހުށަހަޅައިފަ އެވެ. ރިދޯއި ދަތުރު ކުރި ކާރުން ގިނަ އަދަދެއްގެ ބަނގުރާ ފެނިފައިވާ ކަމަށް ކޯޓުގައި ފުލުހުން ބުންޏެވެ. އޭނާއަކީ އެ ބާވަތުގެ ކުށުގެ ރިކޯޑު އޮތް މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

ނަމަވެސް ކޯޓުގައި ރިދޯއި ބުނެފައި ވަނީ ބަނގުރާ ފެނުނު ޓެކްސީއަށް އޭނާ އެރީ ދަތުރެއް ކުރުމަށް ކަމަށާއި އެ ކާރަށް އެރިއިރު، އޭގައި ބަނގުރާ ހުރިކަން ނޭނގޭ ކަމަށެވެ.