Advertisement

ހުލާސާކޮށް އިއްޔެ: މާލީ ހާލަތު ގޯހުންގޯހަށް

24 ސެޕްޓެންބަރު 2024 - 06:14 0


ހުލާސާކޮށް އިއްޔެ: މާލީ ހާލަތު ގޯހުންގޯހަށް

24 ސެޕްޓެންބަރު 2024 - 06:14 0

ރާއްޖޭގެ މާލީ ހާލަތު ގޯހުން ގޯހަށް ދާކަން އެންމެންނަށް ވެސް އެނގެ އެވެ. އެހެންވެ، މާލީ ހާލަތާއި ގުޅޭ ގޮތުން އަދަދު ނޫހުގެ އަމަން ހަލީމް، އިއްޔެ ހާއްސަ ރިޕޯޓެއް ގެނެސްދިނެވެ.

....

ފަށަމުން ވެސް ބުނަން އޮތީ މި ރާއްޖޭގެ އިގުތިސޯދުގައި މައްސަލައެއް ނެތޭ އެވެ. އިގުތިސޯދު ދަނީ ބާރަށް ކުރިއަށެވެ. ވޭތުވި ދަހަރުގެ ތެރޭގައި، ކޮވިޑު ބަލިމަޑުކަމުގެ ދުވަސްވަރު ފިޔަވައި، ފަތުއަޑު ކިޔާފައި ކުރިއަރަމުން އައި ދުވެއްޔަށް ކުޑަ މަޑުޖެހުމެއް އައި ނަމަވެސް، އިގުތިސޯދުގެ ކުރިއެރުން ހިސާބުކުރާ ހުރިހާ މިންގަނޑަކުން ބެއްޔަސް ހުރީ ބަރާބަރަށެވެ.

އެހެނަސް މި ގައުމުގެ މާލިއްޔާތުގައި ލައްކަ މައްސަލަ އެބަހުއްޓެވެ. އެކަމާ ދެބަސް ވާނެ މީހަކު ސަރުކާރުގައި ވެސް އިދިކޮޅުގައި ވެސް އާންމުންގެ ތެރޭގައި ވެސް ހުންނާނެހެނެއް ހިޔެއް ނުވެ އެވެ. ތިބިއްޔާ ތިބީ ޖަދަލު ކުރުމުގެ ބޭނުމަށް ނޫނީ ދެބަސް ވެލާ ހިތުން ގޯހެއް ނެތޭ ބުނާނެ މީހުންނެވެ.

ދައުލަތުގެ މާލިއްޔަތުގައި ހުރި މައްސަލަތަކަކީ ބަޔަކަށް ވަންހަނާ ވެފައި ހުރި ކަމެއް ނޫނެވެ. މި ރާއްޖޭގެ ކަންކަން ބަލައި ދިރާސާކުރާ ބަޔަކު ތައްޔާރުކޮށްފައި ހުރި ރިޕޯޓެއްގައި ވިއްޔާމުން، އެ ހުރިހާ ރިޕޯޓެއްގައި ވެސް ހުރީ މާލިއްޔަތުގައި ހުރި މައްސަލަތަކުގެ ވާހަކަ އެވެ. އެތެރެއެއް ބޭރެއް ކިޔާނެ ކަމެއް ނެތެވެ. އެންމެން ވެސް ދައްކަމުން ގެންދަނީ ހަމަ އެއް ވާހަކަތަކެވެ.

އެއީ އިގުތިސޯދާ ނުބައްދަލު ހަރަދުތައް ކުރާ ވާހަކަ އެވެ. މިކަން ހައްލުކުރަން އިސްރާފު ހަރަދުތައް ކުޑަކުރަން ޖެހޭ ވާހަކަ އެވެ. ކުރިން ބުނި ފަދައިން ބަރާބަރަަށް އޮތް އިގުތިސޯދަށް އެޅިފައި އޮތް އެންމެ ބޮޑު ހިޔަންޏަކީ އަދި ކުރިއަރަމުންދާ ދުވެލީގައި ޖެހެން އޮތް އެންމެ ބޮޑު ބުރައްކަކީ ވެސް ދައުލަތުގެ މާލީ މައްސަލަތަކެވެ. އެހެން ބަހަކުން ބުނަނީ ނަމަ ސަރުކާރުތަކުގެ ފައިނޭންޝަލް މިސްމެނޭޖުމަންޓެވެ.

މުހިއްމު ބައެއް ހަބަރު