Advertisement

މިލާނުން ފަހު ވަގުތު އިންޓަ ބަލިކޮށްފި

23 ސެޕްޓެންބަރު 2024 - 06:26 0


މިލާނުން ފަހު ވަގުތު އިންޓަ ބަލިކޮށްފި

23 ސެޕްޓެންބަރު 2024 - 06:26 0

މިލާން (ސެޕްޓެމްބަރު 23) - އިޓާލިއަން ލީގުގައި ރޭ ފަހު ވަގުތު ލަނޑު ޖަހައި، އިންޓަ މިލާން އަތުން 2-1 އިން އޭސީ މިލާން މޮޅުވެއްޖެ އެވެ.

މި ނަތީޖާއާ އެކު، މިލާނުގެ އާ ކޯޗު ޕައޮލޯ ފޮންސޭކާ އަށް އޮތް ޕްރެޝަރަށް ކޮންމެ ވެސް ވަރެއްގެ ލުޔެއް ލިބޭނެ އެވެ. މި މެޗުގެ ކުރިން، އެންމެ ފަހުން، މިލާން އަތުން އިންޓަ އިން ވަނީ ހަ މެޗުން މޮޅުވެފަ އެވެ. އެހެންކަމުން، ރޭ މިލާނުން ހޯދި މޮޅަކީ ސީޒަނުގައި ކުރިއަށްދާން ހިތްވަރަކަށް ވާނެ ކަމަށް ފޮންސޭކާ ވަނީ ގަބޫލުކޮށްފަ އެވެ.

ރޭގެ މެޗުގައި، މިލާނުން ލީޑުނެގީ 10 ވަނަ މިނިޓްގައި ކްރިސްޓިއަން ޕުލިސިޗް ޖެހި ގޯލުންނެވެ. މެޗުގެ 27 ވަނަ މިނިޓްގައި އިންޓަ އިން އެއްވަަރުކުރި އެވެ. މި ލަނޑު ޖެހީ، ލައުޓާރޯ މާޓީނޭޒް ދިން ބޯޅަ އަކުން، ފެޑެރީކޯ ޑި މާކޯ އެވެ.

މިލާން މޮޅުވި ލަނޑު ޖެހީ، 89 ވަނަ މިނިޓްގަ އެވެ. މިއީ، ޓިޖާނީ ރައިންޑާސް ހިލޭޖެހުމަކުން ނަަގައިދިން ބޯޅައަކުން، މަޓެއޯ ގަބިއާ އެވެ. ގަބިއާ މި ލަނޑު ޖެހީ ބޮލުންނެވެ. ގަބިއާ އަކީ، 1994 ވަނަ އަހަރު ޕައޮލޯ މަލްޑިނީ އަށް ފަހު، މިލާން ޑާބީގައި މޮޅުވި، ލަަނޑު ޖެހި، އެ ސަރަހައްދަށް އުފަން ފުރަތަމަ ކުޅުންތެރިޔާ އެވެ.

މިއީ، މި ފަހަރު ލީގުގައި މިލާނުން ހޯދި ދެ ވަަނަ މޮޅެވެ. ހަ ވަނައިގައި އޮތް އިންޓަ އާއި ހަތް ވަނައިގައި އޮތް މިލާނަށް ލީގުގައި ކުޅުނު ފަސް މެޗުން ވަނީ އަށް ޕޮއިންޓް ލިބިފަ އެވެ.