Advertisement

21 އަހަރު ތެރޭ ޗެމްޕިއަންސް ލީގުގައި ސްޕާޓާ ޕްރާގަށް ފުރަތަމަ މޮޅު

about 20 hours 0


21 އަހަރު ތެރޭ ޗެމްޕިއަންސް ލީގުގައި ސްޕާޓާ ޕްރާގަށް ފުރަތަމަ މޮޅު

about 20 hours 0

ޕްރާގް، ޗެކް ރިޕަބްލިކް (ސެޕްޓެމްބަރު 19) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ރެޑްބުލް ސަލްޒްބާގްގެ މައްޗަށް 3-0 އިން ކުރިހޯދައި، ޗެކް ރިޕަބްލިކްގެ ޗެމްޕިއަން، ސްޕާޓާ ޕްރާގުން 21 އަހަރު ތެރޭ މުބާރާތުގައި ފުރަަތަމަ ފަހަރަށް މޮޅުވެއްޖެ އެވެ.

ރޭގެ މެޗުގެ ކުރިން، ސްޕާާޓާ ޕްރާގުން އެންމެ ފަހުން ޗެމްޕިއަންސް ލީގުގެ މެޗެއްގައި މޮޅުވެފައިވަނީ 2003 ވަނަ އަހަރު އެވެ. އެ ފަހަރު އެ ޓީމުން ވަނީ އިޓަލީގެ ލާޒިއޯ އަތުން 1-0 އިން މޮޅުވެފަ އެވެ. ސްޕާޓާ އިން މި ފަހަރުގެ ޗެމްްޕިއަންސް ލީގުގައި ވާދަކުރާއިރު، މިއީ، މި މުބާރާތުގައި 19 އަހަރަށް ފަހު އެ ޓީމުގެ ފުރަތަމަ ފެނިލުމެވެ.

އެންމެ ފަހުން، ސްޕާޓާ ޕްރާގުން ޗެމްޕިއަންސް ލީގުގައި ކުޅެފައިވަނީ، 2005 ވަނަ އަހަރު އެވެ. އެ ފަހަރު، އާސެނަލް، އަޔަކްސް އާއި ތުންއާ ވާދަކޮށް، ސްޕާޓާ އިން މުބާރާތް ނިންމާލީ މޮޅެއް ނުލިބި ގްރޫޕްގެ ފުލުގައި އޮވެ އެވެ.

އާ ފޯމެޓަކަށް ޓީމު އިތުރުކޮށްގެން ކުޅޭ މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި، ސްޕާޓާ އިން ކުޅުނު ފުރަތަމަ މެޗުގައި ސަލްޒްބާގް ބަލިކުރިއިރު، ސްޕާޓާ އިން ވަނީ، 107 ސިކުންތު ތެރޭގައި ލީޑުނަގައިފަ އެވެ. މި ލަނޑު ސްޕާޓާ އަށް ޖަހައިދިނީ، ކާން ކައިރީނެން އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން، ސްޕާޓާ އިން ލީޑުފުޅާކުރިއިރު، ލަނޑު ޖެހީ، ވިކްޓޯ އޮލަޓުންޖީ ވޮލީއަކުންނެވެ. އަދި ދެ ވަނަ ހާފުގައި، ސްޕާޓާގެ ތިން ވަނަ ލަނޑު ޖެހީ ގާޒިމް ލާޝީ އެވެ.