Advertisement

އިއްޔެ އަލިފާން ރޯވި ގާމަގު ކެފޭ ހުރި އިމާރާތް ތަޅައިލުމުގެ މަސައްކަތް ފަށައިފި

10 ސެޕްޓެންބަރު 2024 - 18:01 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އިއްޔެގެ އަލިފާނުގެ ހާދިސާ ހިނގި ވަގުތު ނަގާފައިވާ އެ އިމާރާތުގެ ފޮޓޯއެއް: އެ އިމާރާތް ތަޅާލުމުގެ މަސައްކަތް މިހާރު ވަނީ ފަށާފަ --- ފޮޓޯ: މިރާން ނާޝިމް / އަދަދު


އިއްޔެ އަލިފާން ރޯވި ގާމަގު ކެފޭ ހުރި އިމާރާތް ތަޅައިލުމުގެ މަސައްކަތް ފަށައިފި

10 ސެޕްޓެންބަރު 2024 - 18:01 0

އިއްޔެ އަލިފާނުގެ ހާދިސާ ހިނގި ހެންވޭރު ސޯސަން މަގު ކޮޅުގައި ހުންނަ ގާމަގު ކެފޭ ހުރި، ހ. ދޫހިމެރި ގެ ތަޅައިލުމުގެ މަސައްކަތް ފަށާފައިވަ ކަމަށް ލޯކަލް ގަވަމަންޓު މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވެއްޖެ އެވެ.

އޭނާ ވިދާޅުވީ އެ އިމާރާތުގެ ސަބަބުން އާންމުންނަށް ނުރައްކަލެއް ކުރިމަތިވެދާނެތީ އެތަން ތަޅައިލުމުގެ މަސައްކަތް ކުރަނީ އެ މިނިސްޓްރީން ކަމަސެވެ. އަދި 3-4 ދުވަސް ތެރޭ އެ މަސައްކަތް ނިންމާލެވޭނެ ކަމަށް މިނިސްޓަރު ވަނީ ލަފާކޮށްފަ އެވެ.

އެތަނުގައި އެންމެ ފުރަތަމަ ރޯވީ އިއްޔެ މެންދުރުފަހު 2:45 ހާއިރު އެވެ. ގާމަގު ކެފޭގައި ރޯވިއިރު އެތަނުގެ މަތީގައި ބިދޭސީ މަސައްކަތްތެރިންތަކެއް ދިރިއުޅޭ ކަމަށްވެ އެވެ. އެތަނުގައިރޯވި އަލިފާންގަނޑު ނިއްވާލީ އަލިފާނުގެ ރިޕޯޓު ލިބުނުތާ ގަޑިއިރެއްހާއިރު ފަހުން 3:30 ހާއިރު ކަމަށް ސިފައިން ބުންޏެވެެ.

ނަމަވެސް އަލިފާން ކޮންޓްރޯލް ވި ފަހުން އަނެއްކާވެސް ހަމަ އެ ތަނުގައި ރޯވެގެން ރޭ އިރާކޮޅު ފުލުހުންނާއި ސިފައިން ހަރަކާތްތެރިވި އެވެ.

އަލިފާނުގެ ހާދިސާއާ ގުޅިގެން ފުލުހުން ވަނީ އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނެސް ތިން މަގެއް ބަންދުކޮށްފަ އެވެ. އެތަނުގައި މިހާރު ކުރަމުންދަނީ އިމާރާތުގައި ހުރި ތަކެތި ނެރުމާއި އިމާރާތް ތަޅާލުމުގެ މަސައްކަތެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓު އޮތޯރިޓީން ރޭ ބުނި ގޮތުގައި މިއަދުގެ އަލިފާނުގައި ޖުމްލަ 57 މީހަކު ވަނީ ހާލުގަ ޖެހިފަ އެވެ.