8 ސެޕްޓެންބަރު 2024 - 22:03 0
އަހުމަދު އާއިދު
ސިނަމާލެ ބުރިޖު މަރާމާތު ކުރުމަށް ބިދޭސީންތަކެއް މަސައްކަތް ކުރަނީ: ހޯމް މިނިސްޓްރީން ވަނީ ބިދޭސީން ގެނައުމަށް އެދި ހުށަހަޅާ ފޯމުތަކަށް ބަދަލުގެނެސްފަ ---- ފޮޓޯ: މިރާޝް ނާޝިމް / އަދަދު
8 ސެޕްޓެންބަރު 2024 - 22:03 0
ރާއްޖޭގައި ވަޒީފާ އަދާކުރަން ބިދޭސީން ގެންނަ ފަރާތްތަކުން އެކަމަށް އެދި ހޯމް މިނިސްޓްރީއަށް ހުށަހަޅާ އެކި ފޯމުތަކަށް ބަދަލުގެނެސްފި އެވެ.
މިއަދު ވަކިވަކިން ގެޒެޓުކުރި ދެ އިއުލާނެއްގައި ހޯމް މިނިސްޓްރީން ބުނީ، ބަދަލު ގެނައީ ބިދޭސީން މަސައްކަތްކުރާ ވޯކްސައިޓުތައް ރަޖިސްޓްރީ ކުރުމަށް ހުށަހަޅާ ފޯމުތަކާއި، ވޯކްސައިޓް ރަޖިސްޓްރީ ކުރުމަށް އެދި ހުށަހަޅާ ވޯކްސައިޓް ޑިކްލަރޭޝަން ފޯމާއި، އެކްސްޕެޓް ސިސްޓަމްގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކުގެ ނަމުގައި އެ ސިސްޓަމު ބޭނުންކުރުމަށް "ރެޕްރެޒެންޓޭޓިވް" އެއް އައްޔަނު ކުރުމަށް ނުވަތަ ވަކިކުރުމަށް އެދި ހުށަހަޅާ ފޯމުތަކަށް ކަމަށެވެ.
ވޯކްސައިޓު ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމަށް ގެނައި ބަދަލާއެކު، ފޯމާއެކު ލިޔެކިޔުންތަކެއް ހުށަހަޅަން މިހާރު ވަނީ ލާޒިމުކޮށްފަ އެވެ.
އެ ލިޔެކިޔުންތަކަކީ:
ވޯކްސައިޓް ރަޖިސްޓްރީ ކުރުމަށް އެދި ހުށަހަޅާ ވޯކްސައިޓް ޑިކްލަރޭޝަން ފޯމަށް ގެނައި ބަދަލާއެކު، އެ ފޯމު ހުށަހަޅަން ޖެހޭނީ ޕަބްލިކް ނޯޓަރީއަކުން ނޯޓަރައިޒް ކޮށް ނުވަތަ ސިވިލް ކޯޓު ނުވަތަ މެޖިސްޓްރޭޓް ކޯޓުގައި ރަޖިސްޓަރީކުރުމަށްފަހު އެވެ. އިއުލާނުގައިވާ ގޮތުން މި ދެ ފޯމަށް ގެނައި ބަދަލަށް އަމަލުކުރަން ފަށާނީ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.
އެކްސްޕެޓް ސިސްޓަމް ބޭނުންކުރާ "ރެޕްރެޒެންޓޭޓިވް" އާ ގުޅޭ ފޯމަށް ގެނައި ބަދަލާއެކު، އެ ފޯމުތައް ވެސް ހުށަހަޅަން ޖެހޭނީ ޕަބްލިކް ނޯޓަރީއަކުން ނޯޓަރައިޒް ކޮށް ނުވަތަ ސިވިލް ކޯޓު ނުވަތަ މެޖިސްޓްރޭޓް ކޯޓުގައި ރަޖިސްޓަރީކުރުމަށްފަހު އެވެ. މި ބަދަލަށް އަމަލުކުރަން ފަށާނީ ސެޕްޓެމްބަރު 16، ގަ އެވެ.
ހޯމް މިނިސްޓްރީން ދެ އިއުލާނުގައިވެސް ބުނީ މި ބަދަލުތައް ގެނައީ ބިދޭސީންނަށް ބޭނުންވާ ހުއްދަތައް ދޫކުރުމާއި އެ ބިދޭސީންގެ ކަންކަން ބެލެހެއްޓުމުގެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ކަމަށެވެ.
މި ސަރުކާރުން އަންނަނީ ބިދޭސީ މަސައްކަތްތެރިންނާއި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއްގެ ގޮތުގައި ބަލަމުންނެވެ. ކުރިން އިކޮނޮމިކް މިނިސްޓްރީން ބެލި މި މައްސަލަތައް މިހާރު ބަލަނީ ހޯމް މިނިސްޓްރީންނެވެ.
Comment