Advertisement

މަދު ބަޔަކު ކުރިމަތިލުމުން އެމްއެމްއޭ އަށް ފަސް މެނޭޖިން ޑިރެކްޓަރުން ހޯދަން އަލުން އިއުލާނުކޮށްފި

3 ސެޕްޓެންބަރު 2024 - 21:03 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު: އެކަށީގެންވާ ވަރަށް މީހުން ކުރިމަތިނުލައިގެން އެމްއެމްއޭ އަށް ފަސް މެނޭޖިން ޑިރެކްޓަރުން ހޯދަން މިއަދު ވަނީ އަލުން އިއުލާނުކޮށްފަ --- ފޮޓޯ: އެމްއެމްއޭ


މަދު ބަޔަކު ކުރިމަތިލުމުން އެމްއެމްއޭ އަށް ފަސް މެނޭޖިން ޑިރެކްޓަރުން ހޯދަން އަލުން އިއުލާނުކޮށްފި

3 ސެޕްޓެންބަރު 2024 - 21:03 0

މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ފަސް މެނޭޖިން ޑިރެކްޓަރުން ހޯދަން މިދިޔަ މަހު އަށެއްގައި ކުރި އިއުލާނުގެ މުއްދަތު ހަމަވިއިރު ވެސް އެކަށީގެންވާ ވަރަށް މީހުން ކުރިމަތިލާފައި ނުވާ ކަމަށް ބުނެ އެ މަގާމުތަކަށް ކުރިމަތިލުމަށް އަލުން އިއުލާނުކޮށްފި އެވެ.

އެމްއެމްއޭ އިން މިއަދު ގެޒެޓުކުރި އިއުލާނުގައި ބުނީ ކުރީގެ އިއުލާނު ބާތިލްކޮށް، މިފަހަރު ކުރި އިއުލާނާއެކު ޓާމްސް އޮފް ރިފަރަންސްއަށް ބަދަލުގެނެސްފައިވާނެ ކަމަށެވެ.

އެގޮތުން ގެނައި ބަދަލުގެ ގޮތުގައި ފާހަގަކުރެވެނީ، މަގާމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަން ޖެހޭ ތައުލީމީ ފެންވަރާއި ތަޖުރިބާގެ ބަޔަށް ގެނެސްފައިވާ ބަދަލެވެ.

ފުރަތަމަ އިއުލާނުގެ ޓާމް އޮފް ރިފަރަންސް


ކޮލިފިކޭޝަން: - ފިނޭންސް، ބޭންކިން، އިކޮނޮމިކްސް، އެކައުންޓިން، ދާއިރާއިން ބެޗްލާސް ޑިގްރީއެއް ނުވަތަ އެ ލެވެލްގެ ފާހެއް އޮތުން އަދި، - ކުރިން ބުނެވުނު ދާއިރާތަކުން ނުވަތަ ވިޔަފާރި، މެނޭޖްމަންޓު، ގާނޫނީ، ނުވަތަ ޑޭޓާ ސައިންސްގެ ދާއިރާއިން މާސްޓާސް އެއް އޮތުން ތަޖުރިބާ: - އެމްއެމްއޭގައި ނުވަތަ މާލީ ދާއިރާގައި މަސައްކަތް ކުރުމުގެ މަދުވެގެން ފަސް އަހަރު ތަޖުރިބާ ހުރުން އަދި، - މެނޭޖީރިއަލް ލެވެލްގައި މަސައްކަތް ކުރުމުގެ މަދުވެގެން ތިން އަހަރުގެ ތަޖުރިބާ ހުރުން

މިއަދު ކުރި އިއުލާނުގެ ޓާމް އޮފް ރިފަރަންސް


ކޮލިފިކޭޝަން: - ފިނޭންސް، ބޭންކިން، އިކޮނޮމިކްސް، އެކައުންޓިން، ނުވަތަ ގުޅުންހުރި ދާއިރާއަކުން ބެޗްލާސް ޑިގްރީއެއް ނުވަތަ އެ ލެވެލްގެ ފާހެއް އޮތުން އަދި، - ގުޅުންހުރި ދާއިރާއަކުން މާސްޓާސް ޑިގްރީއެއް އޮތުން ތަޖުރިބާ: - އެމްއެމްއޭ، ނުވަތަ، މާލީ ދާއިރާ، ނުވަތަ ސަރުކާރުގެ ނުވަތަ އަމިއްލަ ތަނެއްގައި ފައިނޭންސާ ގުޅޭ މަސައްކަތެއް ކުރުމުގައި މަދުވެގެން ފަސް އަހަރުގެ ތަޖުރިބާ ހުރުން އަދި، - މެނޭޖީރިއަލް ލެވެލްގައި މަސައްކަތް ކުރުމުގެ މަދުވެގެން ތިން އަހަރުގެ ތަޖުރިބާ ހުރުން ނުވަތަ ލީޑަޝިޕް ކޮލިޓީޒް ހުރުން.

އެމްއެމްއޭ އެމްޑީން ހޯދަން އިއުލާނުކުރި ދާއިރާތައް

  • މަނިޓަރީ ޕޮލިސީ، ރިސާޗް އެންޑް ސްޓެޓިސްޓިކްސް
  • ފައިނޭންޝަލް ސްޓެބިލިޓީ
  • ބޭންކިން އޮޕަރޭޝަންސް
  • ކޯޕޮރޭޓް ސަރވިސަސް
  • ފައިނޭންޝަލް ސެކްޓަރ ޑިވަލަޕްމަންޓް

މިއަދުގެ އިއުލާނާއެކު ޝައުގުވެރިވާ ފަރާތްތަަކުން މި މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ސެޕްޓެމްބަރު 17، ގެ މެންދުރު 1:00 އާ ހަމައަށް ވަނީ ހުޅުވާލާފަ އެވެ. މެނޭޖިން ޑިރެކްޓަރުންގެ މުސާރައަކީ 50،000ރ. އާއި 55،000ރ. އާ ދެމެދުގެ އަދަދެކެވެ. އެކަކަށް މި މަގާމު އަދާކުރެވޭނީ ފަސް އަހަރުގެ ދެ ދައުރަށެވެ.

މަރުކަޒީ ބޭންކުން ހޯދާ އެމްޑީގެ މަގާމަކީ އެމްއެމްއޭގައި މީގެ ކުރިން ތިބި އެސިސްޓަންޓު ގަވަރުނަރުގެ މަގާމު އުވާލައި އެ މަގާމުގައި ތިބި މީހުން އެޑްވައިޒަރުންގެ މަގާމާށް ޕްރޮމޯޓުކުރުމަށް ފަހު އަލަށް އުފެއްދި މަގާމެކެވެ.