Advertisement

ގޯއްޗާއި ފްލެޓު ހަވާލު ނުކޮށްގެން އަޑުއުފުލާ ޔޫނިިއަންތަކާ ރައީސް ބައްދަލު ކުރައްވަނީ

2 ސެޕްޓެންބަރު 2024 - 12:35 0

މޫސާ ނާޝިއު

މޫސާ ނާޝިއު

ރައީސް ވިދާޅުވީ އެ ޔޫނިއަންތަކުގެ އަޑު އައްސަވާނެ ކަމަށް.---ފޮޓޯ:ރައީސް އޮފީސް


ގޯއްޗާއި ފްލެޓު ހަވާލު ނުކޮށްގެން އަޑުއުފުލާ ޔޫނިިއަންތަކާ ރައީސް ބައްދަލު ކުރައްވަނީ

2 ސެޕްޓެންބަރު 2024 - 12:35 0

ގޯއްޗާއި ފްލެޓު ހަވާލުނުކޮށްގެން ގުޅިގެން މިހާރު ސިލްސިލާކޮށް ބާއްވަމުން އަންނަ މުޒާހަރާތަށް ހިންގާ ޔޫނިއަންތަކާ މިއަދު ރައީސް ބައްދަލުކުރައްވަން ނިންމަވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުން "އެކްސް" އަށް ދޫކުރި ވީޑިއޯއެއްގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މި ބައްދަލުވުން ބޭއްވުމުން ވަރަށް ގިނަ ކަންތައްތަކެއް އެނގިގެން ދާނެ ކަމަށެވެ. އަދި, އެ ބޭފުޅުންގެ ހިޔާލާއި އިހުސާސްތައް ފާޅުކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އެކި ކަހަލަ އިހުސާސް އާއި ކަންބޮޑުވުންތައް އަދި ދެންވެސް ހިއްސާކުރަން ބޭނުންވާ ވާހަކަތައް ހިއްސާކުރުމަށް މި ބައްދަލުވުމުން ފުރުސަތު ލިބިގެންދާނެެ. އަދި މި ބައްދަލުވުމުން ގިނަކަންތައް ތަކެއް އިނގިގެން ދާނެ" ރައީސް ވިދާޅުވި އެވެ.

ފަހި ޔޫނިއަނާއި، ގިރާވަރު ޔޫނިއަނާއި، މާލެ ސިޓިޒެން އެސޯސިއޭޝަން އަދި ގުޅީފަޅު ރައްޔިތުންގެ އެސޯސިއޭޝަން މި ބައްދަލުވުމުގައި ބައިވެރިވެ އެވެ. އޭގެ އިތުރުން, ހުޅުމާލެ ރައްޔިތުންގެ ކޮމިޓީ އަދި ރަށްވެހިންގެ ޖަމިއްޔާ އިން ވެސް މި ބައްދަލުވުމުގައި ބައިވެރިވާނެ އެވެ.

މި ބައްދަލުވުމުގެ އިތުރުން ބޮޑު ކަންނެލި ޔޫނިއަން އާ ރައީސް މިއަދު ވަނީ ބައްދަލުކުރައްވާފަ އެވެ.

ރައީސް މި ޔޫނިއަންތަކާއި ބައްދަލުކުރައްވަަން ނިންމެވި އިރު، މި ޔޫނިއަންތަކުން އިސްނަގައިގެން ދަނީ ސިލްސިލާކޮށް ރާޅުގަނޑު ސަރަހައްދުގައި ސުލްހަވެރި މުޒާހަރާތަކެއް ކުރަމުންނެެވެ. ނިމިދިޔަ ސަރުކާރުން އެ މީހުންނަށް ދިން ފުލެޓުތައް ނުދީ ލަސްވުމާއި، ހުޅުމާލެ ފޭސް ތިނެއް ހިއްކުން ލަސްވުމާއި އަދި ގިރާވަރު އަދި ގުޅީފަޅުން ދޭނވާ ގޯތި ނުދީ ލަސްކުރުން ވެސް ވެސް މުޒާހަރާކުރުމުގެ ސަބަބުތަކުގެ ތެރޭގައި ހިމެނެ އެވެ.